English Edition
Dhivehi Edition
އެކްސިޑެންޓްވި ދޯނި - ފޮޓޯ: އެމްއެންޑީއެފް

ސަޕްލައި ދޯންޏަކާއި ލޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު 22 ފޫޓުގެ “އަލީ ޝާހް” ލޯންޗާއި، އިރު ސަޕްލައި ދޯނި ޖެހި އެކްސިޑެންޓުވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ލޯންޗު ބަންޑުން ޖަހާލައި، ލޯންޗުގައި ހުރި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން އަނިޔާވެފައި ވަނީ އެމީހާގެ ބޮލަށް އަދި ކޮނޑުހުޅަށް ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެ ހާދިސާގައި އަނިޔާވި މީހާ މާފުށީ ލޯންޗެއްގައި މާލެ ގެނެސްފައިވާ ކަމަށާއި، އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 06:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.