English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީ އިން އައްޑޫގެ އިސްކޫލުތަކަށް މާސްކު ހަދިޔާކޮށްފިއެވެ. ހޮރައިޒަން އެކަޑަމީން މާސްކުތައް ހަދިޔާކޮށްފައިވަނީ އައްޑޫގެ ހުރިހާ އިސްކޫލުތަކަށާއި، ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހަށާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހަށެވެ.

ހޮރައިޒަން އެކަޑަމީން އައްޑޫ ހައި ސްކޫލަށް މާސްކް ހަވާލު ކުރަނީ

މި ދުވަސްވަރު އިސްކޫލުތަކަށް މާސްކު ހަދިޔާކުރީ ކޮވިޑް19 ބަލި މުޅި ދުނިޔެއަށް ފެތުރި، އައްޑޫސިޓީން ވެސް މިބަލި ފެނިފައިވާތީ އެކަޑަމީގެ ފަރާތުން އައްޑޫގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ހޮރައިޒަން އިން މައުލޫމާތު ދެއެވެ. އަދި މާސްކު ހަދިޔާ ކުރީ ޖަމިއްޔާގެ ބޯޑު މެންބަރުންގެ ދީލަތި އެހީއާއި އެކު މިހަފްތާ ތެރޭގައި ކަމަށާއި ކޮންމެ ސްކޫލަކަށް 200 މާސްކު ހަދިޔާކޮށްފައި ވާނެ ކަމަށް ވެސް ހޮރައިޒަން އެކަޑަމީން މައުލޫމާތު ދިނެވެ.

ހޮރައިޒަން އެކަޑަމީން ޙިރާ ސްކޫލަށް މާސްކް ހަވާލު ކުރަނީ

ހޮރައިޒަން އެކަޑަމީ އަކީ އައްޑޫގައި ބެޑްމިންޓަން ކުޅުން ދިރުވައި އާލާކޮށް، އެކުޅިވަރު ކުޅުމަށް ބޭނުންވާ މީހުންނަށް އަތޮޅު ފެންވަރުގެ މުބާރާތްތަކާއި ގައުމީ ފެންވަރުގެ މުބާރާތްތަކުގައިވެސް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމުޢިއްޔާއެކެވެ. އެގޮތުން 2005 އިން ފެށިގެން ހޮރައިޒަން އިން ކުރި މަސައްކަތުން އައްޑޫގައި ބެޑްމިންޓަން ކުރިއަރައި މޮޅު ކުޅުންތެރިންވެސް އުފެދިފައި ވާނެ ކަމަށް ހޮރައިޒަން އިން މައުލޫމާތު ދިނެވެ.

ހޮރައިޒަން އެކަޑަމީން ޝަރަފުއްދީން ސްކޫލަށް މާސްކް ހަވާލު ކުރަނީ

ހޮރައިޒަން އަކީ ބެޑްމިންޓަންގެ ރޮނގުން އައްޑޫއަށް ޚިދުމަތް ކުރުމުގެ އިތުރުން ފައިދާހުރި އެހެނިހެން ކަންކަމުގައިވެސް އެހެނިހެން ޖަމިއްޔާ ޖަމާއަށްތަކާއި ގުޅިގެން މުޖުތަމައަށް އެކި ގޮތްގޮތަށް ޚިދުމަތްކުރާ ޖަމުޢިއްޔާއެކެވެ.

ހޮރައިޒަން އެކަޑަމީން ނޫރާނީ ސްކޫލަށް މާސްކް ހަވާލު ކުރަނީ
ހޮރައިޒަން އެކަޑަމީން ހިތަދޫ ސްކޫލަށް މާސްކް ހަވާލު ކުރަނީ

 

ހޮރައިޒަން އެކަޑަމީން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލަށް މާސްކް ހަވާލު ކުރަނީ

 

 

ހޮރައިޒަން އެކަޑަމީން މެދުވަލު ސްކޫލަށް މާސްކް ހަވާލު ކުރަނީ

ހޮރައިޒަން އެކަޑަމީން އެމް އެން ޔޫ އަށް މާސްކް ހަވާލު ކުރަނީ