English Edition
Dhivehi Edition

ސ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %71 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށީގައި ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދާ، އެއްގަމު ތޮށިލުމަށް ބޭނުންވާ ކެޕިންގް ބީމްގެ %52 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިންވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 115 މީޓަރު ބޭރު ތޮށި ޖެހުމާއި، 621 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި 11m x 11m ގެ ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން 3150 ސްކުއެއާ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 61396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، ބަނދަރު މަގު ފުންކުރުމާއި، 4 ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި 11 ލައިޓް ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 18 ސެޕްޓެމްބަރ 2019 ގައެވެ. މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.