English Edition
Dhivehi Edition
އެމްޓީސީސީ ބަސްދަތުރު ފޮޓޯ: އަވަސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ،

އެމްޓީސީސީ އިން ބުނީ މިއީ އެ ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ތައްޔާރީ ހާލަތެއްގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކަމަށެވެ. މި އެކްސަސައިޒު އޮންނާނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބަސް ޑިޕޯގައެވެ.

އެމްޓީސީސީ އިން ބުނީ މި އިމަޖެންސީ އެކްސަސައިޒް ކުރިއަށްދާ ވަގުތުގައި ހާދިސާ ދިމާވެފައިވާ އެމްޓީސީސީގެ ބަސް ކަނޑައެޅިފައިވާ ވަކި ސޭފް ޒޯނަކަށް ގެންދެވޭނެ ކަމަށެވެ. އަދި މީހުން ބަހުން ނެރެ އިވެކުއޭޓްކުރުމުގެ މަސައްކަތް ކުރެވޭނީ މި ސޭފް ޒޯންގައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ވަނީ މި އެކްސަސައިޒް ކުރިއަށްދާ ވަގުތު އިމަޖެންސީ ރެސްޕޯންސް ޓީމްތަކާއި ކަމާގުޅޭ އިދާރާތައް ތައްޔާރީ ހާލަތުގައި ތިބޭނެކަމަށް ބުނެފައެވެ. އަދި އެމްޓީސީސީ އިން ވަނީ މި އެކްސަސައިޒްގެ މަންޒަރު ފެނި ކަންބޮޑުނުވުމަށް އިލްތިމާސްކޮށްފައެވެ.