English Edition
Dhivehi Edition

އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް އައްޑު ސިޓީ ހިތަދޫ އާއި ލ އަތޮޅުގައި ހުޅުވައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު އައްޑޫގައި ހުޅުވި ސެންޓަރު، ހުޅުވާފައިވަނީ ހިތަދޫގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ކައިރީގައި އެވެ. އަދި ލ. އަތޮޅުގައި ހުޅުވި ސެންޓަރު ހުންނާނީ ގަމުގެ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައެވެ.

އޫރީދޫއިން ބުނީ އެ ކުންފުނިން އަލަށް ހުޅުވި މި ސެންޓަރުންތަކުންވެސް 24 ގަޑިއިރު ބިލް ދެއްކުމުގެ ހިދުމަތް ލިބިގެންދާނެކަމަށެވެ. އަދި މި ސެންޓަރުތަކުގައި ހިމެނޭ ސެލްފު ސާވިސް ކިއޮސްކްތައް މެދުވެރިކޮށް ބޭނުން ގަޑިއެއްގައި ރީޗާޖްކޮށް ކޭޝްއިން ޕްރޮސެސް ކުރެވޭނެކަމަށްވެސް އޫރިދޫއިންވަނީ ބުނެފައެވެ.

އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކަކީ ސެލްފް ސާވިސް ކިއޮސްކުތައް މެދުވެރިކޮށް ބޭނުން ކޮންމެ ގަޑިއެއްގައި ރިޗާޖުކުރުމާއި ބިލު ދެއްކުމުގެ އިތުރުން ކޭޝް އިން ކުރުމަށް ވެސް ބޭނުން ކުރެވޭ ގޮތައް ތައްޔާރުކޮށްފައިވާ ސެންޓަރުތަކެކެވެ.

އުރީދޫއިން ވަނީ މާލެ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ގދ. ތިނަދޫ އަދި ލ. ގަމުގައިވެސް އެފަދަ ޑިޖިޓަލް ސެންޓަރުތައް ގާއިމްކޮށްފައެވެ.

އޫރިދޫއަކީ އުޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަކަމާއެކު ހިދުމަތްތައް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ކުންފުންޏެކެވެ.