English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ އެއްވަނަ ދަރަޖައިގެ ރިވޯރޑް ސްކީމް، އުރީދޫ ކްލަބް ޕްރިމިއަރގެ ޚިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ 2015ވަނަ އަހަރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރެވިފައިވާ މި ޚިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމެއްކަމަށެވެ.އަދ ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

ސުޕަރނެޓް 40އެމް އާއި މަތީގެ ޕެކޭޖްތައް ގެންގުޅޜ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ޚިދުމަތް ލިބޭއިރު، ގެންގުޅޭ ޕެކޭޖަކާއި ގުޅޭގޮތަށް ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރޝިޕްއަށް ބެހިގެންދާނެއެވެ. ކްލަބް ޕްރިމިއަރ މެމްބަރުންނަށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި:

ޕްލެޓިނަމް ގޯލްޑް ސިލްވަރ ލިބޭ ޚިދުމަތްތައް
ލިބޭ ލިބޭ ލިބޭ ރާއްޖޭގެ މަގުބޫލް އެތައް ބްރޭންޑްތަކުން ހާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓް
ލިބޭ ލިބޭ ލިބޭ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު އެކްސެސް
ލިބޭ ލިބޭ ލިބޭ އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތައް
ލިބޭ ލިބޭ ނުލިބޭ ލައިފް އިންޝުރަންސް
ލިބޭ ލިބޭ ނުލިބޭ ޕްރައޯރިޓީ ޕާސް މެމްބަރޝިޕް

 

“ކްލަބް ޕްރިމިއަރ ރިވޯރޑް ސްކީމްއަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށްޓަކާއި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަގްބޫލް ބްރޭންޑްތަކުން ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބޭ ގޮތައް ފަރުމާކުރެވިފައިވާ ވަރަށް ހާއްސަ ޕްރޮގްރާމްއެއް. މިއަދު ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް މިޚިދުމަތަށް އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ ނުހަނު އުފަލާއެކު، ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ މިފަދަ ޚިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން.” އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިގެންދެއެވެ

މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއަރޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަރޝިޕްއާއި އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ޚިދުމަތް ހޯދޭނެއެވެ.

ކްލަބް ޕްރިމިއަރ މެމްބަރޝިޕް ލިބިވަޑައިގަތް ކަސްޓަމަރުންގެ ޑިޖިޓަލް ކާޑް އުރީދޫ އެޕް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.

 

ސުޕަރނެޓް ޕެކޭޖް އަޕްގްރޭޑްކުރުމަށް ore.do/sn ޒިޔާރަތްކޮށްލައްވާ!

ޓެގު