English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން ދެމުން އަންނަ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފި އެވެ.

އުރީދޫން ބުނީ މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ، 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށާއި، ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕަރނެޓް އެޑޯންސްއާއެކުވެސް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

“މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އުރީދޫ އިން ދިވެހިރާއްޖޭގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވަން. ހަމަ އެގޮތުގެ މަތިން، މިއަދު އަޅުގަނޑުމެންމިވަނީ ކުރިޔަށްވުރެވެސް ހަލުވި ސްޕީޑުގައި، އިތުރު ޑޭޓާ އެލަވަންސްއާއެކު ސުޕަރނެޓް ޕޯޓްފޯލިއޯ އަޕްގްރޭޑްކޮށްފަ. މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދާދިނުން. ހަމައެހެންމެ، އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ޚިދުމަތާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުންއަންނަ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން.” އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

މިއަދު ސުޕަރނެޓް ޕެކޭޖްތައް ރިނިއުވެގެންދިޔައިރު މި ގެނެވުނު ބަދަލާއިއެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑް ލިބގެންދާނެއެވެ. ސުޕަރނެޓް ޕްލޭންތަކަށް ގެނެވުނު މި ހެޔޮ ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

އުރީދޫއަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބި، އެންމެހާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފެށުންވެގެންދިޔައީ ރާއްޖޭގެ ބްރޯޑްބޭންޑް ދާއިރާއަށްވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދިން ބަދަލަކަށެވެ. ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ބްރޯޑްބޭންޑް ލިބުމުގެ އިތުރުން، މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް މިއާއިއެކު ލިބެން ފެށިއެވެ. ރާއްޖޭގެ އާބާދީގެ 70% އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.