އައްޑޫ ސިޓީ ހުޅުދޫގައި ހިންގަމުން އަންނަ “ޑރ. ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރު ކްލިނިކްގައި”، ޑރ. އިބްރާހީމް ދީދީ(ޑީޑީ) ހިދުމަތް ދެމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ހުޅުދޫ މީދޫ ރައްޔިތުން ފާޅުކުރަން ފަށައިފިއެވެ.
މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ.ޑީޑި އައްޑޫ ސިޓީއަށް ވަޑައިގެން ކަރަންޓީންވުމެއް ނެތި ކްލިނިކްގައި ހިދުމަތް ދެމުން ގެންދާތީ ކަންބޮޑުވުންފާޅުކޮށް ސޯޝަލްމީޑީއާގައި ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު މިކަން ހިނގަމުން އަންނަ އުސޫލު އޮޅުންފިލުވައި ދެއްވުމަށްވެސް އެމީހުންވަނީ ގޮވާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޑރ.ޑީޑީ އައްޑޫ އަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝުކުރީ ވިދާޅުވީ މީގެ ކުރިންވެސް ޑރ،ޑީޑީ ކަރަންޓީންވުމެއް ނެތި، ކްލިނިކްގައި ހިދުމަތްދިންކަމުގެ ޝަކުވާތައް ލިބުމާއި ގުޅިގެން އެ މައްސަލަ އައްޑޫ އީއޯސީ އާއި ހިއްސާކޮށްފައިވާނެކަމަށެވެ. އެހެންނަމަވެސް މިފަހަރު ޑރ.ޑީޑީ ހުޅުދޫ އަށް ވަޑައިގެން ހިދުމަތް ދެއްވަމުން ގެންވާކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާކަމަށް ޝުކުރީ ވިދާޅުވިއެވެ.”އުސޫލެއްގެ ގޮތުން ކޮންމެ މީހަކު ރަށަށް އައި ކަމުގައިވިޔަސް ކައުންސިލަށް އެގެންޖެހޭނެ. އެކަމަކު އަދި މިހާތަނަށް ތި މައުލޫމާތެއް ލިބިފައެއް ނެތް.” ޝުކުރީ ވިދާޅުވިއެވެ.
އެޗްޕީއޭއިން މީގެ ކުރިން އާންމުކޮށްފައިވާއި އުސޫލުގައިވާގޮތުން ކޮވިޑް-19އިގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް ކަރަންޓީންނުވެ، އެރަށުގައި ދެވޭ އާންމު ޚިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރެވޭނެއެވެ. އަދި މިފަދަ ފަރާތްތައް މަސައްކަތްކުރެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން 5 ދުވަހަށްވުރެ ގިނަ ނުވާ ގޮތަށެވެ. މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންވާނެއެވެ. އަދި ދަތުރުކުރާ ރަށެއްގެ
ކައުންސިލަށް އެކަމުގެ މަޢުލޫމާތު ދޭންވާނެއެވެ.
މިކަމާއި ގުޅިގެން ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި މީހަކު ކަންބޮޑުވުންފާޅުކުރަމުން ބުނީ ބަލި އޮންނަތަނަކުން ޑޮކްޓަރުން ވަޑައިގެން ބަލި މީހުން ބެލުމަކީ ކަންބޮޑުވާކަމެއް ކަމަށާއި މިއީ އެއްވެސް ހުއްދައެއްގެ ދަށުން ކޮށްގެން ވާނެކަމައް ނޫންކަމަށެވެ.
https://covid19.health.gov.mv/wp-content/uploads/2020/07/transportation-20-july.pdf
ފުރަބަންދު ކަރަންޓީންއަށް ދިއުމަށް މިހާރު ޢަމަލުކުރަންވީގޮތް
އިތުރު މަޢުލޫމާތު:https://t.co/2rcCiiNCKB pic.twitter.com/yZK69I4mdY
— Health Protection Agency (@HPA_MV) August 7, 2020
ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ބަލި ޖެހޭ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން ހޯމް ކަރަންޓީނަށް މާލެ އިން އެހެން ރަށްރަށަށް ދެވޭ އުސޫލު އެޗްޕީއޭ އިންވަނީ ހަރުކަށިކޮށްފައެވެ. މި ގޮތުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދާ ބައެއް ނަމަ 14 ދުވަހަށް ހޯމް ކަރަންޓީނުގައި ތިބެން ޖެހޭއިރު އެ އެ އިދާރާ އިން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން ނަމަ، މާލެ އިން ރަށަށް ދިއުމަށް ޓިކެޓު ނަގަން ވެސް ޖެހޭނީ ކަރަންޓީން ލިޔުމާއި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުންނެވެ.