English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި ހިންގަމުން އަންނަ “ޑރ. ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރު ކްލިނިކްގައި”، ޑރ. އިބްރާހީމް ދީދީ(ޑީޑީ) ހިދުމަތް ދެއްވަމުން ގެންދަވަނީ ނަގަންޖެހޭ ހުއްދަތައް ނެންގެވުމަށްފަހު ކަމަށް ޑރ.އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ.ޑީޑި އައްޑޫ ސިޓީއަށް ވަޑައިގެން ކަރަންޓީންވުމެއް ނެތި ކްލިނިކްގައި ހިދުމަތް ދެމުން ގެންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާފައިވާއިރު ‘އޭއޯ ނިއުސް’އަށް މައުލޫމަތުދެއްވަމުން ޑރ.ޑީޑީ ވަނީ އެޗްޕީއޭއިން ދަތުރުކުރުމަށް ދީފައިވާ ހުއްދަ ހިއްސާކުރައްވާފައެވެ. މި ގޮތުން އެ ހުއްދައިގައިވާ ގޮތުން މި މަހުގެ 14 ވަނަ ދުވަހު ސިއްހީ ހިދުމަތް ދިނުމަށްޓަކައި އައްޑޫ ސިޓީއަށް ދަތުރުކުރުމަށް ޑރ،ޑީޑީއަށް ހުއްދަދެއްވާފައިވާއިރު މި މަހުގެ 17 ވަނަ ދުވަހު މާލެ ވަޑައިގަންނަ ގޮތަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ހުއްދައިގައިވާ ގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ 5ވަނަ މާއްދާއަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ އިލްތިމާޒްކޮށްފައެވެ.

އެޗްޕީއޭއިން މީގެ ކުރިން އާންމުކޮށްފައިވާއި އުސޫލުގައިވާގޮތުން ކޮވިޑް-19އިގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް ކަރަންޓީންނުވެ، އެރަށުގައި ދެވޭ އާންމު ޚިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރެވޭނެއެވެ. އަދި މިފަދަ ފަރާތްތައް މަސައްކަތްކުރެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން 5 ދުވަހަށްވުރެ ގިނަ ނުވާ ގޮތަށެވެ. މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންވާނެއެވެ. އަދި ދަތުރުކުރާ ރަށެއްގެ
ކައުންސިލަށް އެކަމުގެ މަޢުލޫމާތު ދޭންވާނެއެވެ.


އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ 5ވަނަ މާއްދާ

.ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލު ކުރަން ޖެހޭ ގޮތް
 ދަތުރުކުރުމުގެ ހުއްދަ އޮތްކަން ކަށަވަރު ކުރުން. އަދި ދަތުރުކުރުމަށް ލިބިފައިވާ ހުއްދަ ހިފައިގެން ދަތުރުކުރުން.
 ދަތުރުކުރާއިރު އަދި މަސައްކަތުގައި އުޅޭއިރު މާސްކު އެޅުން. މާސްކް އެޅުމުގައި އުސޫލާއެއްގޮތަށް ޢަމަލު
ކުރުން.
 ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ މަސައްކަތްތަކާ ގުޅިގެން ދަތުރުކުރާނަމަ ރައްކާތެރިކަމުގެ ގޮތުން އެތަނެއްގައި
ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުން.
 ރަށަށް ދިޔުމަށްފަހު ސީދާ މަސައްކަތް ކުރާ ތަން ނުވަތަ ހުރުމަށް ހަމަޖެހިފައިވާތަން ފިޔަވާ އިތުރު އެހެން
ތަންތަނަށް، ޒަރޫރީ ހާލަތެއްގައި މެނުވީ ނުދިޔުން.
 ރަށުގެ އެހެން މީހުންނާ ބައްދަލުކޮށް ނުހެދުމާއި ރެސްޓޯރަންޓް ފަދަތަންތަނަށް ނުދިއުން.
 މަސައްކަތް ކުރާ ތަނުގައި އުޅޭ މުވައްޒަފުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން. އަދި
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
 އާންމު ސާފުތާހިރުކަން ދެމެހެއްޓުމާއި އަތުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އިސްކަން ދިނުން.
 މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން.  ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް )ހުންއައުން، ކަރުގާ ރިއްސުން، ކެއްސުން، ނޭވާލާން އުނދަގޫވުން، ގައިގައި
ރިއްސުން ފަދަ( ހުރިނަމަ އެރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގުޅާ ދެވޭ އިރުޝާދާ އެއްގޮތަށް ޢަމަލު
ކުރުން.
 އެޗް.ޕީ.އޭ. އިންދޭ އާންމު އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން.

 

1 ކޮމެންޓް
ސަރުކާނު
އޮގަސްޓް 16, 2020
ނޮޓް ފެއަރ