English Edition
Dhivehi Edition

ސައިކަލެއް ވަގަށް ނެގުމަށްފަހު މީހެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީހަކު ހޯދަން އިޢުލާންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކ. މާލެ، މ. ވައިޓްފިޝް، އިބްރާހީމް ޝަރީފު (33އ) އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

އެގޮތުން އޭނާ ހޯދަމުންދަނީ، އޭނާ އާއި އިތުރު މީހަކުވެގެން 2020 ޖުލައި 31 ވަނަ ދުވަހުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު ނަސަންދުރަ ކުރިމަތީ އޮންނަ ޕާކިންގ ޒޯންގައި ޕާކްކޮށްފައިހުރި ސައިކަލެއް ވަގަށް ނެގުމަށްފަހު އެ ސައިކަލުގައި ދުއްވާފައިގޮސް އަމީނީމަގު ކަށިމާހިނގުން ކައިރިން ދިޔަ އަންހެނެއްގެ އަތުން ފޭރިފައިވާ މައްސަލައިގައި ކަމަށް ފުލުހުން ބުނެއެވެ.

ވީމާ، އިބްރާހީމް ޝަރީފާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.