English Edition
Dhivehi Edition

ލ. ގަމު ތުނޑިއާ ދިމާލުން ރޯވެ އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި އެ މީހާ ޑައިވަރުންނަށް ފެނިގެން، ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ 50 މީޓަރު އަޑީގައި އޮއްވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

“ވިންދު” ނަމަކަށް ކިޔާ އެ ދޯނިން ދަތުރުކުރި މީހާ ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓް ގާޑް، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު 15:00 ހާއިރު އެވެ. އެކަމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ އެ މީހާ ހޯދުމުގައި ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެޕޯލޯ ކުންފުނީގެ މުދާ އުފުލާ ބޯޓެއްގައި ކަމަށާއި، ގެއްލިގެން އުޅެނީ ބިދޭސީއެއް ކަމަށެވެ. އަދި އެ ދޯނީގައި 10 މީހުން ތިބި ކަމަށް ދޯނީގެ ކައްޕި މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.