English Edition
Dhivehi Edition
10 އޮގަސްޓް 2020: ކ. ކޮށްދިއްޕަރު ކައިރިއަށް އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތްކޮށް މެއިން ޕޮލިހުން މާލެ ދަތުރުކުރަނީ - ފޮޓޯ: ޕޮލިސް

ކ. ކޮށްދިއްޕަރު ކައިރީ އޮތް ފިނޮޅަކަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗު އަޑިއަށް ގޮސްގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 13:14 ހާއިރު ކަމަށާއި، ލޯންޗުން ދަތުރުކުރީ ޖުމްލަ ހަތް މީހުން ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ލޯންޗު އަޑިއަށް ދިޔައީ ދިޔަ ކޮންޓްރޯލް ނުވެގެން ކަމަށެވެ.

އަދި އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ލޯންޗުން ދަތުރުކުރި ހަތް މީހުންގެ ހާލުވެސް ރަނގަޅު ކަމަށައި، އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެ އެންމެންވެސް ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާއާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތްކޮށް، މެރިން ޕޮލިސްގެ ހާބަރ ޕެޓްރޯލް ލޯންޗު ދަނީ މިހާރު އެމީހުން ގޮވައިގެން މާލެއަށް ދަތުރުކުރަމުން ކަމަށެވެ.