English Edition
Dhivehi Edition

އައްޑޫ ސިޓީއިން މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ކޮވިޑް ޓެސްޓް ހަދާފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު (ސާތު) ވިދާޅުވެއްޖެއެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އައްޑޫ އިން ކޮވިޑް ޓެސްޓް ހެދުމުގެ މަސައްކަތް ފެށިގެން ދިޔައިރު އެންމެ ފުރަތަމަ ޓެސްޓް ހެދުމަށް ބޭނުންކޮށްފައިވަނީ ބަޔޯ ފަޔަރ މެޝިނެކެވެ. އެ މެޝިނުން ދުވާލަކު 24 ސާމްޕަލްގެ ޓެސްޓު ހެދޭއިރު މާލެ އިން އައްޑޫ ސިޓީ އަށް ޕީސީއާރް މެޝިނެއް ގެނެސް، މިހާރު ދުވާލަކު 100 ޓެސްޓު ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އައްޑޫ އިން ނަގާ ސާމްޕަލްތައް މާލެއަށް ފޮނުވާފައިވާއިރު، މީގެ ކުރިން ‘އޭއޯ ނިއުސް’ އިން ކުރި ސުވާލަކަށް ޖަވާބުދެެއްވަމުން ސާތު ވިދާޅުވީ އައްޑޫގައި ނަގާ ސާމްޕަލްތައް 50 އަށްވުރެ ގިނަވެއްޖެނަމަ، އެ ސާމްޕަލްތައް ޓެސްޓްކުރުމަށް މާލެ ފޮނުވަމުންދާކަމަށެވެ. “ބޭނުންވަނީ ކިއުގައި ގިނަ މީހުން ބޭތިއްބުމުގެ ބަދަލުގައި ވިހާވެސް އަވަހަކަށް ސާމަޕަލްތައް ނަގާ ނަތީޖާ ލިބިގެން ދިއުން.” އޭރު ސާތު ވިދާޅުވިއެވެ.

އައްޑޫގައި ހޯމްކަރަންޓީނަށް ފޮނުވާ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ހޮސްޕިޓަލަށް އެގުނު ނަމަވެސް އެކަން ކަރަންޓީންގައި ތިބޭ މީހުންނަށް އަންގަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކޮށް، ހޯމްކަރަންޓީނުން ދޫކޮށްލުމަށް އަންގާ ލިޔުން ލިބުމުންނެވެ. އައްޑޫއިން ހޯމްކަރަންޓީނަށް ފޮނުވާމީހުންގެ ސާމްޕަލްތައް،ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެށްގެ ސިއްހީ މަރުކަޒުންނެވެ.

1 ކޮމެންޓް
އަހުމަދު
އޮގަސްޓް 11, 2020
ތެ މާލެއިން ކެރާއް ޖެހޭ ސޮއި އަކާއި ޖެހިގެން ގޮސް އައްޑޫ އައް ކަމައް ނިވެގެން ހިގަނީ. އިންސާއި ފަތާއި ދޭތެރުނަސް އެޕްރޫވަލް ހޯދާއް ޖެހެނީ މާލެއި ގުޅާ. މިކަން ބަދަލު ނިވެ އެއްވެސް ކަމައް ނިވޭހެއް. ވައްސަލާމް.