English Edition
Dhivehi Edition

ކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން އައްޑޫގައި ހަދާފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި މިހާރުވެސް ފަރުވާ ދިނުމަށްޓަކައި 09 އެނދު އެބަހުރިކަމަށާއި އައްޑޫއިން ޕޮޒިޓިވްވާ ނިސްބަތަށް ބަލައި އިތުރު ވަސީލަތްތައްވެސް ލިބިގެންދާނެކަމަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެއެވެ.

އައްޑޫ އިން މިހާތަށް ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ޝަރަފު ސާދާތު ވިދާޅުވީ މިހާރުވެސް ޕޮޒިޓިވްވި މީހުންގެ ހާލު ގޯސްވެއްޖެނަމަ ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށާއި. މި ގޮތުން ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި މިހާރުވެސް ނުވަ އެނދު އެބަހުރިކަމަށާއި އެތަން ފުލްވެއްޖެނަމަ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައިވެސް ފަރުވާދެވޭނެކަމަށެވެ. ” ކޮވިޑް ފެސިލިޓީގައި މިހާރުވެސް ނުވަ އެނދު އެބަހުރި، އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި 04 އެނދު އެބަހުރި. ކޮވިޑް ފެސިލިޓީ ފުލްވެއްޖެނަމަ އިކުޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭނީ” ޝަރަފް ސާދާތު ވިދާޅުވިއެވެ.

Advt

Advertisement

ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހުރި އިމާރާތް ތަރައްގީކޮށް ކޮވިޑް 19 އަށް ފަރުވާ ދޭ ޚާއްޞަ ފެސިލިޓީއެއްގެ ގޮތުގައި ހުޅުވާފައިވާއިރު އައްޑޫގައި ހުންނަ ފުލޫ ކުލިނިކް ވެސް ހުންނަނީ މި އިމާރާތުގައެވެ.

ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގައެވެ. ގާތްގަނޑަކަށް 300 އެއްހާ މީހުންގެ ޖާގައިގެ އެ ފެސިލީޓީގައި އަށް ފަހު ދެން އެންމެ ބޮޑު ފެސިލިޓީ ހުޅުވަނީ އައްޑޫގައި ކަމަށް ވެސް މީގެ ކުރިން ޝަރަފް ސާދާތުވަނީ ވިދާޅުވެފައެވެ