English Edition
Dhivehi Edition

ސުޝާންތްގެ ލޯބިވެރިޔާ ރެއާ ޗަކްރަބޮޓީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ “އެންފޯސްމެންޓް ޑައިރެކްޓަރޭޓް” (އީޑީ) އިން އުފުލައިފިއެވެ.

އީޑީ އިން ރެއާ ގެމައްޗަށް މިދައުވާ އުފުލާފައިވަނީ ސުޝާންތްގެ ބައްޕަ ބިހާރް ޕޮލިހަށް ރެއާ ސުޝާންތްގެ އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާ ކަމަށާއި ސުޝާންތެ ގެ ކްރެޑިޑް ކާޑުވެސް ރެއާ ބޭނުން ކުރަމުން ދިޔަކަމަށް ބުނެ މައްސަލަ ފައިލްކޮށްފައި ވަނިކޮށެވެ.

އީޑީ އިން ބުނީ ސުޝާންތްގެ އެކައުންޓްގައި ހުރިފައިސާ އަށްވީ ގޮތް ވަރަށް ރަނގަޅަށް ބަލާނެކަމަށާއި، “އީޑީ ފުލުހުންނާއި ތަފާތު ވާނެކަމަށެވެ. އެގޮތުން އީޑީ އިން ބުނީ މައްސަލަ ބަލަމުންދާއިރު ކުށްކުރިމީހާ އެކުށް ނުކުރާކަމަށް ސާބިތުވާ ވަރަށް ހެކި ނުދެއްކޭނަމަ އޭނަވާނީ ކުށްވެރިއެއް ކަމަށް އީޑީއިން ނިންމާނެކަމަށެވެ. އީޑީ އިން މިހެން ބުނެފަިއވާއިރު ރިއާ ސުޝާންތްގެ އެކައުންޓުން ނަގާފައިވާ ފައިސާ ނުނަގާ ކަމަށް ހެކި ނުދެއްކޭ ނަމަ އޭނަގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވާނެއެވެ.

ސުޝާންތް މަރުވުމައެކު ޝައްކު ކުރެވޭ އެތައްކަމެއް ހުރުމުން އެމައްސަލަ މުމްބާއީ ފުލުހުން ބަލަމުން ދަނިކޮށް ސުޝާންތްގެ އާއިލާ އާއި އޭނަގެ ފޭނުން އަދި ބޮލީވުޑްގައި ނެޕޮޓިޒަމް އަށް ތާއީދު ނުކުރާ ފަރާތްތަކުން ވަނީ ސީ.ބީ.އައި އަށް މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅާފައެވެ.

ދާދިފަހުން ސީ.ބީ.އައި އިން ސުޝާންތްގެ މައްސަލަ ބަލަންފަށާފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ސުޝާންތްގެ މަަރަށްފަހު އޭނަގެ ބައްޕަވަނީ ރެއާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ރެއާ ސުޝަންތަށް ބޭސްތަކެއްދީ އޭނަ އަކީ ޑިޕްރެޝަންހުންނަ މީހެއް ކަމަށްބުނެ މޮޔަހައްދާފައިވާ ކަމަށް ބައްޕަ ތުހުމަތު ކުރެއެވެ.

އުމުރުން 34އަހަރުގެ ބޮލީވުޑްގައި އަރަމުން އައި ރަތި ސުޝާންތް ދަންޖެހިގެން މަރުވެފައި ހުއްޓާފެނުނީ މިދިޔަ ޖޫންމަހު 14ވަނަ ދުވަހު އޭނަގެ ކޮޓަރީގައެވެ.