އަޟްހާ އީދާއި ގުޅިގެން މީދޫ ފިރިހެން ވޮލީ ޓީމާއި، މަރަދޫފޭދޫ ފިރިހެން ވޮލީ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު މީދޫ އެފްއެމްޑީގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ އަލީ ވާފިރްއެވެވެ. އިއްޔެ ކުޅުނު މި މެޗު މީދޫ ޓީމުންކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު މީދޫ ޓީމުން ގެންގޮސްފައިވާއިރު މެޗުގެ ތިންވަނަ ސެޓްގައި މަރަދޫފޭދޫ ޓީމުންވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މި ގޮތުން އެ ސެޓް މަރަދޫފޭދޫ ޓީމުން ގެންދިޔައިރު މެޗުގެ ހަތަރުވަނަ ސެޓް ފަސޭހަކަމާއެކު ކާމިޔާބުކުރީ މީދޫ ޓީމުންނެވެ.
އަޟްހާ އީދާއި ގުޅުގެން ހުޅުދޫ ވޮލީޓީމާއި މީދޫ ފިރިހެން ވޮލީ ޓީމް ބައްދަލުކުރި މެޗުވެސް މީދޫ ޓީމުން ކާމިޔާބުކޮށްފައިވާއިރު އަޟްހާ އީދުގައި ބޭއްވި ބަށި މެޗާއި އަންހެން ފުޓްސަލް މެޗްވެސް މީދޫ ޓީމުންވަނީ ކާމިޔާބުކޮށްފައެވެ. އީދާއި ގުޅިގެން ގިނަ ކުޅިވަރުތަކެއް ހުޅުދޫގައި ބާއްވާފައިވާއިރު ފިރިހެން ފުޓްސެލް މެޗުގައި މީދޫ ޓީމާއި ބައްދަލުކޮށް ހުޅުދޫ ޓީމުންވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ