English Edition
Dhivehi Edition
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ އޮފީސް

ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމުގައި އެޓަރނީ ޖެނެރަލް، އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

އޭޖީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ އަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

 

އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއް ސުޢޫދު އަދި ޚުދު އޭޖީ، ޤާނޫނު އަސާސީގެ ބޮޑު ކޮޕީއެއް ހިއްޕަވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަތް ދުވަހުގެ ފޮޓޯއަކާއެކު ކުރެއްވި އެ ޓްވީޓްގައި އޭޖީ އިތުރަށް ވިދާޅުވެފައި ވަނީ ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ތިން ބާރު ވަކިކޮށް، މަލްޓި ޕާޓީ ޑިމޮކްރެސީގެ އުސޫލުތަކާއެކު އެކުލަވާލާފައިވާ މިހާރުގެ ޤާނޫނު އަސާސީ ތަސްދީޤުކުރައްވާފައި ވަނީ 07 އޮގަސްޓް 2008 ވަނަ އަހަރު، އޭރު ވެރިކަމުގައި ހުންނެވި ރައީސް، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމެވެ.