English Edition
Dhivehi Edition
އިޒްރޭލްގެ އޮފާ ޖަލު. --ފޮޓޯ: ކްރިސްޓޮފާ މިޝޭލް

އިޒްރޭލުގެ ޖަލެއްގައި ހުރި ފަލަސްތީނުގެ ގައިދީއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާކަމަށް ފަލަސްތީނުގެ ޕްރިޒަނާ ސޮސައިޓީ (ޕީޕީއެސް) އިން ހާމަކޮށްފިއެވެ.

ފަލަސްތީނުގެ ގައިދީންގެ ދިފާއުގައި މަސައްކަތްކުރާ އެންޖީއޯއެއް ކަމަށްވާ ޕީޕީއެސް އިން ބުނީ ޕޮޒިޓިވްވެފައިވަނީ އިޒްރޭލުގެ ހުޅަނގު ރާމަﷲގެ އޮފާ ޖަލުގައި ހުރި އުމުރުން 38 އަހަރުގެ ނާއިމް އަބޫ ތުރްކީ ކިޔާ ފަލަސްތީނުގެ ގައިދީއެއް ކަމަށެވެ.

އަދި އަބޫ ތުރްކީ އަކީ މީގެ ހަތަރު ވަރަކަށް ދުވަސްކުރީން ހުޅަނގުގެ އައްސޭރި ހިބްރޯނުން ކަމަށާއި، އޭނާ އަކީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި ހަތަރުވަނަ ފަރާތް ކަމަށެވެ. މީގެއިތުރުން، އެ ގައުމު ޖަލުތަކުން މިނިވަންކުރި ދެ ގައިދީއަކުވެސް ވަރަށް ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވެއެވެ.

މުޅި ދުނިޔޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 19 މިލިއަނަށްވުރެ އިތުރުވެފައިވާއިރު، 7 ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފަލަސްތީނުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13،398 އަށް އަރާފައިވާއިރު، މިހާތަނަށް އެ ގައުމުން މަރުވީ މިހުންގެ އަދަދަކީ 91 އެވެ.