English Edition
Dhivehi Edition
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެެރެއިން ފޮޓޯ: . (ދައުރު /އިބްރާހިމް އިފާޒް)

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އިދާރާތައް ދެކޭގޮތް ހޯދުމަށާއި، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާ މީހުންގެ ތަފާސްހިސާބުތައް ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އިސްލާހު ދިރާސާކުރުމުގެ ނިންމާލުމަށް ކޮމިޓީން ކަނޑައެޅީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން އެތައް ގައުމެއްގައި ދިރިއުޅެމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތަކާއި ފަލަސްތީނާއި އުރުދުން ވެސް ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ، އެހެންވެ އެކަމާ ގުޅުންހުރި މައުލޫމާތު އިމިގްރޭޝަންގައި ހުރިތޯ ބެލުމަށް އެ އިދާރާ އަށް ފޮނުވުމަށް ނާޒިމް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ އިޒްރޭލު ޕާސްޕޯޓުގައި ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އެތެރެވި މީހުންގެ ތަފާސްހިސާބުތައް ހޯދައި އެ މީހުން ރާއްޖެ އެތެރެވި ސަބަބު ހޯދުމަށް އިމިގްރޭޝަނަށް ސިޓީ ފޮނުވުމަށްވެސް ހުށަހަޅުއްވާފައެވެ. އަދި އދ އާއި އެހެނިހެން ޖަމިއްޔާތަކާއި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ހަނގުރާމަކުރުމާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް ކަން ފާހަގަކުރައްވައި ނާޒިމް ވަނީ އިޒްރޭލުގެ ސަރުކާރުގެ ވެރިންނާއި ސިފައިންނަށް ރާއްޖެ އަށް އެތެރެނުވެވޭ ގޮތް ހެދުމަށް ހުށަހަޅުއްވާފައެވެ.

މި މައްސަލައިގައި ކޮމިޓީއިން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކާއި ބަންޑާރަނައިބުގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަންގެ އިތުރުން މަޓީ އާއި މަޓާޓޯ އާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އެހެނިހެން ޖަމިއްޔާތަކުގެ ވެސް ހިޔާލު ހޯދުމަށެވެ.

ޓެގު