English Edition
Dhivehi Edition

1993 ވަނަ އަހަރު ‘ޕަރަމްޕަރާ’ އިން ބޮލީވުޑަށް ތައާރަފްވި ބަތަލް ސައިފް އަލީ ހާންއަކީ އޭރުވެސް ގިނަ ބައެއްގެ ހިތުން ހާއްސަ މަގާމެއް ހޯދާފައިވާ ތަރިއެކެވެ. ފިލްމީ ދާއިރާ އަށް ނުކުތް އިރު ސައިފަކީ ބައްޓަން އެހާ ރީތިކޮށް ހުރި އެކްޓަރެއް ނޫނެވެ. އެހެންނަމަވެސް މިމަހުގެ 16 ވަނަ ދުވަހު ސައިފް އަށް ފަންސާސް އަހަރު ފުރޭއިރު އޭނާ ފެންނަނީ އަދިވެސް އެ އުމުރުގެ މީހުންނަށްވުރެ ހަށިގަނޑު ވަރުގަދަކޮށް ރީތިކޮށް ހުރި ތަނެވެ. އަދިވެސް ޒުވާން ބަތަލުންނާއެކު ފިލްމުތަކުގެ ލީޑް ރޯލަށް ސައިފް ހަމަ ‘ފިޓެވެ.’

އުމުރުން 50 އަހަރު ފުރުމާއި ގާތްވެފައިވާއިރު ސައިފް އެހާ ފިޓްކޮށް ހުރުމުގެ ސިއްރު ހާމަކުރަމުން އޭނާ ބުނީ ފިޓްކޮށް ހުންނަ އެއް އިރެއްގައި ވެސް މާ ގިނަ ވަގުތު ޖިމްގައި ހޭދަނުކުރާ ކަމަށާއި އަބަދު ވެސް އެންމެ ގިނައިން ކުރާ ކަމަކީ ހިނގުން ކަމަށެވެ. ހިނގުމަކީ ކަސްރަތު ލިބުމުގެ އިތުރުން ހާސްކަމާއި ފިކުރުތަކުން ވެސް ދުރުކޮށްދޭކަމެއްކަން ފާހަގަކުރަމުން ސައިފް ބުނީ މިއުޒިކެއް ޖަހާލައިގެން ބޫޓަށް އަރައިގެން ހިނގަން ނިކުތުމަކީ އަބަދު ވެސް ވަރަށް ލޯބިކުރާ ކަމެއްކަމަށެވެ.

Saif Ali Khan talks about how he has evolved as a father ...

ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ ފިޓްކޮށް ހުންނަން ކަސްރަތާ އެކު، ރަނގަޅު ޑައިޓެއް ވެސް ވަރަށް މުހިއްމުކަމަށާއި އެހެންކަމުން އަބަދުވެސް ކެއުމަށް ވަރަށް ބޮޑަށް ބަލައިގެން އުޅޭކަމަށެވެ. މި ގޮތުން ގޭގައި ކައްކައިގެން ކެއުމާއި ތާޒާ ބާވަތްތައް ކެއުމަކީ އަބަދު ވެސް ހާއްސަ އިސްކަމެއްދޭ ކަމެއްކަމުގައި ސައިފްވަނީ ބުނެފައެވެ.

ސައިފްއަށްވުރެ 11 އަހަރު ހަނގު ކަރީނާ އާއި ސައިފް އެއްކޮށް ފެނުމުންވެސް، އުމުރުގެ ތަފާތު އެހާ ބޮޑު ނޫންކަމަށް ދައްކާ ސަބަބަކީ ހަމަ ޔަގީނުންވެސް ސައިފްގެ ޒުވާންކަމާއި ވަރުގަދަކަންކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. މީގެ އިތުރުން ސައިފް އަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ އޭނާއަކީ 24 އަހަރުގެ އަންހެން ދަރިއެއްގެ ބައްޕައެއްހެން ހީވެސް ނުވާކަމަށް ބުނެފައެވެ.