English Edition
Dhivehi Edition
ރޯވި "އާޔާވިލާ"ގޭގެ ހާލަތު

މި މަހުގެ 12 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ އާޔާވިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނޫޅެވޭ ވަރަށް އެގެއަށް ވަނީ ގެއްލުން ލިބިފައެވެ.

އެގޭގައި ދިރިއުޅެމުން ދިޔަ 7 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ކަމާއި ގުޅޭ އިދާރާތަކުން ކުރަމުން އަންނައިރު، އެގޭގައި ދިރިއުޅުނު މީހުން މި ވަގުތު ތިބީ ވަގުތީ ހިޔާވަހިކަމެއްގައެވެ.

އެ ގޭގެ ސިޓިން ރޫމާއި ބަދިގެ އަނދައި ހުލިވެފައިވާއިރު، ގޭގެ ތިން ކޮޓަރީގެ ތެރެއިން ދެ ކޮޓަރީގައި ހުރި ހުރިހާ ސާމާނުތަކަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި އަންނައުނާއި، ކުޑަކުދީންގެ ސްކޫލު ފޮތްތަކާއި، ޔުނީފޯމުތަކާއި، ހިފައިގެންގުޅޭ ތަކެތި ފަދަ ގިނަ އެއްޗެހި ވަނީ އަނދައިފައެވެ. މިއީ އެގޭގެ ވެރި ފަރާތުން މުޅި އުމުރު ދުވަހު ކުރި މަސައްކަތުން އިމާރާތް ކުރެވުނު ބޯހިޔާވަހިކަމެކެވެ.

ކުޑަ ތިން ކުދިންވެސް ދިރިއުޅެމުން އައި އެގެ އަލުން މަރާމާތުކޮށް، އެގެއަށް ދިރިއުޅުން ބަދަލުކުރުމަށް ގޭގެ ވެރި ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާއިލާއާއި، ގާތް ފަރާތްތަކާއި، ރަށުގެ ރައްޔިތުންގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެ އާއިލާއިން މި ވަނީ އެެގެ މަރާމާތުކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ގޭގެ ވެރިފަރާތްތަކަށް:

  • ނަން: އާމިނަތު އަހްމަދު
  • އެކައުންޓް ނަންބަރު: 7770000147441