English Edition
Dhivehi Edition

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން މާލޭ ސަރަހައްދު ސްކޫލްތައް ދެ ހަފުތާއަށް ބަންދުކުރުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީދު ބަންދާއި،މިޑް ޓާމް ބަންދަށް ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ހަމަޖައްސާފައި އޮތް ތާރީހަކީ މި މަހު ނުވަ ވަނަ ދުވަސް ކަމަށެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފުތާގައިވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ ބަންދު ދެ ހަފުތާ އަށް ފަހު ބަލި ފެތުރޭ ގޮތް ބަލައި އެ ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށާއި ސްކޫލަށް ހާޒިރު ނުވިޔަސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްގެންދާނެކަމަށެވެ.

Image

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމަށް ފަހު މިދިޔަ މަހުން ފެށިގެން ސްކޫލްތައް ހުޅުވާފައިވާއިރު މާލޭ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާފަ އެވެ.