English Edition
Dhivehi Edition

މިނިވަންޗެމްޕިއަން ޝިޕް 2017 ގައި މިއަދު ހަވީރު ފޭދޫއެފްސީ އާއި ހިތަދޫ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ވިއްސާރައިގެ ސަބަބުން މާދަމާއަށް ފަސްކޮށްފިއެވެ. މިއަދު ހަވީރު ސ.މީދޫގައި ކުޅެން ހަމަޖެހިފައިވާ މެޗު މާދަމާއަށް ފަސްކޮށްފައިވަނީ މެޗު ކުޅުމަށް ދެ ޓީމްްގެ ކުޅުންތެރިން ނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗުބެލުމަށް ޓަކައި ދަނޑަށް ހާޒިރުވެފައިވަނިކޮށެވެ. މެޗް ކެންސަލް ކުރަން ޖެހުނީ ވިއްސާރައިގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވުމުގެ ސަބަބުންނާއި ކުޅެން ހަމަޖެހިފައިވާ ދަނޑުގައި ފެންބޮޑުވެފައިވާތީއެވެ. ލީގު އުސޫލުން ކުޅޭ މިމުބާރާތުގެ ފައިނަލަށް 1ވަނަ ޓީމް އާއި 2ވަނަ ޓީމް ދަތުރު ކުރާއިރު ހިތަދޫ އަދި ފޭދޫ މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދާފައިވަނީ ލީގުގެ އެއްވަނަ އަދި ދެވަނަ ކަށަވަރުކޮށްގެންނެވެ. ހިތަދޫ އެފްސީ ފައިނަލްއަށް ދަތުރު ކޮށްފައިވަނީ ލީގުގެ 1ވަނަ ޓީމްގެ ގޮތުގައި އެވެ. އަދި ދެވަނަ ޓީމްގެ ގޮތުގައި ފޭދޫ ފައިނަލަށް ދިޔައިރު މުބާރާތް ބޭއްވި މީދޫއަށް ލިބެނީ ހަތަރުވަނަ އެވެ. މިނިވަންޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމް ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ.