English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް

20އަހަރުން ދަށުގެ ފޭދޫ ފުޓްބޯޅަ ޓީމާއި މީދޫ ފުޓްބޯޅަ ޓީމު ބައްދަލުކުރި އެކުވެރިކަމުގެ މެޗް، މީދޫ ޓީމުން ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މީދޫ އިން ކާމިޔާބުކުރީ 6 ލަނޑު 0 ލަނޑުންނެވެ.

އިއްޔެގެ މެޗުގައި މީދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމްގެ މަޝްހޫރު ކުޅުންތެރިޔާ ރަޔަން ވަނީ 2 ގޯލް ޖަހާފައެވެ. މީގެ އިތުރުން މީދޫ ޓީމްގެ ލުވައްޔު (1 ގޯލު)، ހާމް (1 ގޯލު)، ގުސައްޔު (1 ގޯލު) އަދި މީސަމް (1 ގޯލު) ވަނީ ޖަހާފައެވެ. މި މެޗުގައި މީދޫ ޓީމްގެ ފަރާތުންވަނީ ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިރު މި މެޗުގައި މީދޫ ޓީމްގެ ގުސައްޔުއަށާއި ސައްޔާދުއަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ރަޔަން ޖެހި އެއް ގޯލުވަނީ އޮފްސައިޑުގެ ގޮތުގައި ކަނޑައަޅާފައިވާއިރު ފޭދޫ ޓީމުންވެސްވަނީ މެޗުގެ ނަތީޖާ ބަދަލުކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ.

އަޟްހާ އީދާއި ގުޅިގެން ހުޅުދޫ މީދޫގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ޢީދު ދުވަހު ވަނީ މީދޫ ޔޫތު ޗެލެންގެ ފައިނަލްވެސް ބާއްވާފައެވެ. މީގެ އިތުރުން ޢީދު ދުވަހުގެ ރޭ އަންހެނުންގެ މެޗެއް ބާއްވާފައިވާއިރު ފުލުހުންނާއި ހުޅުދޫ ވެޓަރެންސްގެ މެޗެއްވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުން އިއްޔެ ވޮލީ މެޗެއް ބާއްވާފައިރު މިއަދު ހުޅުދޫގައި ބަށި މެޗެއް އަދި މިދޫ ދެ އަވަށުގެ މެދުގައި ފުޓްބޯޅަ މެޗެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.