English Edition
Dhivehi Edition

ކުރިއަށްދާ ހައްޖުގެ އަޅުކަމުގައި މިއަދަކީ އެންމެ މުހިންމު ދުވަސް ކަމުގައިވާ އަރަފާތު ދުވަހެވެ. ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ބޭނުން އެތަކެއް ބަޔަކަށް ކޮވިޑް 19 އާއި ގުޅިގެން އެފުރުސަތު ގެއްލިފައިވާއިރު މަދު ބަޔަކާއެކުގައި ވިޔަސް މިއަހަރުވެސް ހައްޖާޖީން ދަނީ އަޅުކަން ފުރިހަމަ ކުރަމުންނެވެ.

މުޅި ދުނިޔޭގައި ސިއްހީ ބަލިމަޑުކަމެއް ފެތުރެމުންދާއިރު ބަލި ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުވެސް ދީފައި ވަނީ ސަޢުދީގައި ތިބި އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން މަދު އަދަދެއްގެ ބަޔަކަށެވެ. އަދި މި ހުއްދަ ސައުދީ ސަރުކާރުން ދީފައިވަނީ މީގެކުރިން ފަރުޝު ހައްޖެއްވެފައި ނުވާ މީހުންނަށެވެ. ސަޢުދީން ބޭރުން އެއްވެސް ޤައުމަކުން މިފަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުން ގޮސްފައެއްނުވެއެވެ.

ބަލިން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށްދާއިރު މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ ސަރުކާރުން ފުރުސަތު ދިނީ، ސައުދީގައި ދިރިއުޅެމުން އަންނަ، އެންމެ 10،000 މީހުންނަށެވެ.

މި މީހުން ހައްޖުގެ އަޅުކަން ފެށީ ކޮންމެ މީހަކުވެސް މައްކާގައި ހަތަރު ދުވަހު ކަރަންޓީނުގައި ހުރުމަށްފަހުގައެވެ. މައްކާގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމުގެ ކުރިން އެމީހަކު ދިރިއުޅޭ ތަނެއްގައި ހަފްތާއެއް ވަންދެން އެކަހެރިކޮށް ހުންނަން ޖެހޭ ގޮތައްވެސް ސައުދީން އޮތީ އަންގާފައެވެ. ހުރިހާ އިރެއްގައިވެސް ހައްޖުވެރިންނަށް މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައިވާއިރު ސިއްހީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ކޮންމެ ފަންސާސް ހައްޖުވެރިއަކަށް 50 ހެލްތު ލީޑަރުން ސައުދީން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ކޮންމެ ހައްޖުވެރިއެއްގެ އަތުގައި އިލެކްޓްރޯނިކް ބޭންޑެއް އަޅުވަ އެވެ. އޭގެ ސަބަބުން ހައްޖުވެރިންގެ ހަރަކާތްތައް، ރަސްމީ ފަރާތްތަކަށް ދެނެގަނެވެ އެވެ. ހަމަ މިއާއެކު އްޖުވެރިންގެ ހުން ބަލައި އެމީހުންގެ ދަބަސްތައް ޑިސްއިންފެކްޓްކުރެ އެވެ. އަދި ހަރަމްފުޅު ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގައި ވެސް މަސައްކަތްތެރިން އަވަދިނެތި އުޅެ އެވެ. އެކަމަކު އެއްވެސް ހައްޖުވެރިޔަކު ގެފުޅުގައި އަތްލުން، މިފަހަރު މަނަލެވެ.

ގެފުޅުގެ ވަށައިގެން ވަކި ދުރުމިނެއްގައި ވަނީ ރޮނގު ދަމައިފަ އެވެ. ހައްޖުވެރިން ތޮވާފުކުރަމުން އަންނަނީ އެ ރޮނގުތަކުގެ މަތިން، އެހެން އަޅުވެރިންނާ ގައިދުރުކަން ބަހައްޓައިގެންނެވެ. ހަރަމްފުޅު ތެރޭގައި އެކަކު އަނެކަކާ ފަސް ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހެ އެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ ހައްޖުގެ ތެރޭގައި ކޮވިޑް ރޯގާ ފެތުރުނަ ނުދިނުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނޭ ކަމުގައެވެ.