English Edition
Dhivehi Edition

މީދޫ ޔުތް ޗެލެންޖް ކަޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގުރޫޕްގެ އެއްވަނަ ޓީމްގެ މަގާމް ހޯދައި، ކްލަސްޓާ އެފްސީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކްލަސްޓާ އެފްސީ އާއި އެފްސީ ބަސްޕާކް ބައްދަލުކުރި މެޗު ކްލަސްޓާ އިން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ. މި މެޗުގައި ކްލަސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މާއިޝް، ޝާފިޒް، ރަމްޒީ، އިއްމާން އަދި ސާމިތްއެވެ. މި މެޗުގައި ބަސްޕާކް އިން ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމްރާން އާއި ނައުފަލް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ކުޅުމެއް ކުޅުނު ޝާފިޒް(ލޮޓޯ) އެވެ.

މިއަދުވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދުގެ މެޗުގައި ބައްދަލުކުރާނީ ސ.މީދޫ ވެޓަރެންސް އާއި އެފްސީ އަމިގޯސްއެވެ.