English Edition
Dhivehi Edition

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ފުރަތަމަ ފަހަރަށް ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފަތުރުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމުގެ ޔަގީންކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ދެއްވާފައިވާއިރު، ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮން ގައުމެއްގެ އަދި ކޮން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ، އެ ފަތުރުވެރިޔާ ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.އަދި ފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގައިޑްލައިނާއި އެއްގޮތަށް އައިސޮލޭޝަންގެ ޕްރޮސީޖާ ވެސް ކުރިއަށް ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާފައިވާއިރު، ބޯޑަރު ހުޅުވިފަހުން މިހާތަނަށް 3،057 މީހަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި ދިވެހީންވެސް ހިމެނެއެވެ.