English Edition
Dhivehi Edition
ފަތުރުވެރިން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ނިސްބަތްކުރައްވައި ރައްޖޭގެ ބައެއް ސްޓޭޓް މިނިސްޓަރުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން, ދިވެހިރާއްޖެ ބޮއިކޮޓްކުރަން އިންޑިއާގެ ބައެއް މީހުން ގޮވާލާފައިވަނިކޮށް, އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖު ގޮތެއްގައި ހަފުތާއެއްގެ މައްޗަށް އިންޑިއާއިން ރާއްޖެއަށް ފަސް ހާސް ފަތުރުވެރިން އާދެއެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ފަންސަވީސް ހާސް ނުވަސަތޭކަ ހަތްދިހަ އެއް ފަތުރުވެރިން އައިސްފައިވާއިރު, މި ހިނގާ މާޗު ވިހި ވަނަ ދުވަހުގެ ނިޔަލަށް އެއްތިރީސް ހާސް ހަތަރުސަތޭކަ ތިރީސް ހަތް ފަތުރުވެރިން އިންޑިއާއިން ރާއްޖެއަށް އައިސްފައިވެއެވެ.

މިދިޔަ އަހަރު އެއްވަނައިގައި އޮތް އިންޑިއާގެ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް އިތުރުވެފައިވާއިރި, މިހާރު ހުރި ޕްލޭންތަކާއެކު ޗައިނާ މާކެޓު ވެސް 40 ޕަސެންޓް އިތުރުވާނެކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ވަނީ ވިދާޅުވެފައެވެ.

ފާތުމަތު ތައުފީގު ވިދާޅުވީ މިހާތަނަށް ކުރިމަތިވި އެންމެ ދަތި ވަގުތު ކަމަށްވާ ކޮވިޑް-19 އިގެ ހާލަތުގައި ވެސް ރާއްޖޭން ޗައިނާ މާކެޓުގައި ހުއްޓުމެއް ނެތި އިސްތިހާރު ކުރަމުން ގޮސްފައިވާކަމަށެވެ.ޮ ދެހާސް ވިހި ވަނަ އަހަރު 14 މާކެޓިން ހަރަކާތެއް ޗައިނާގައި ހިންގިކަމަށް ވެސް އެމްއެމްޕީއާރުސީގެ އެމްޑީ ފާހަގަކުރެއްވި އަދި އޭގެ ފަހުން އަށް މާކެޓިން ހަރަކާތް ހިންގައި 10.2 މިލިއަން ރީޗް ޗައިނާއިން ލިބިފައިވާކަމަށާއި, އަދި 2022 ވަނަ އަހަރު ފަސް ހަރަކާތެއް ހިންގައި 14.7 މިލިއަން ރީޗް ޗައިނާ ލިބުނުކަމަށް ވެސް އެނާވިދާޅުވިއެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ފަންސާސް އަށްހާސް ހަތަރުސަތޭކަ ސާލީސް ހަތް ޓޫރިސްޓުން އައިސްފައިވެއެވެ. މިހާރު ޗައިނާއަކީ ރާއްޖޭގެ އެއްވަނަ މާކެޓު. އެއީ ފަތުރުވެރިންގެ 12.5 ޕަސަންޓު ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.

ޗައިނާ އިން ދުނިޔެ އަށް ހުޅުވާލުމަށްފަހު އެންމެ ފުރަތަމަ ޓޫރިސްޓުން އަންނަން ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެ ގައުމު ކޮވިޑް-19 އަށްފަހު ހުޅުވާލީ 2022 ޖެނުއަރީ މަހުއެވެ. ނަމަވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ޖެހޭ ވަރަށް އިތުރުވެފައެއް ނުވެއެވެ. ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުވެފައިވާއިރު އެގައުމުގެ މަޝްހޫރު ގިނަ އެއާލައިންތަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުފާށާފައިއެވެ.