English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖް ކަޕް 2020 ގައި އިއްޔެ ކުޅުނު މެޗުގައި އެފްސީ އަމިގޯސް އާއި އެފްސީ ކިއުކަމްބާރ ބައްދަލުކުރި މެޗު އަމިގޯސް އިން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އަމިގޯސް އިން މި މެޗު ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފްގައި އަމިގޯސް އިން މެޗުގެ ލީޑް ނަގާފައިވާއިރު މެޗުގެ ދެވަނަ ހާފްގައި ކިއުކަމްބާރ އިން ވަނީ ކުޅުން ރަގަޅު ކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި އަމިގޯސް އިން ޖެހި 04 ލަނޑު އެ ޓީމްގެ ރަޔަން ކާމިޔާބުކޮށްދިން އިރު ގުސެއްޔު ވެސް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ކިއުކަމްބާރ އިން މެޗުގެ ދެވަނަ ހާފްގައި ޖެހި ފުރަތަމަ ގޯލް އެ ޓީމުގެ ޝިމާން(ކައްލޭ) ކާމިޔާބު ކޮށްދިންއިރު އެ ޓީމްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލޭ އެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމިގޯސް އަށް 04 ލަނޑު ކާމިޔާބުކޮށްދިން ރަޔަން އެވެ.

މިއަދު ކުޅޭ މި މުބާރާތުގެ 7 ވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބަސްޕާކާއި ކްލަސްޓާރ އެފްސީއެވެ.