English Edition
Dhivehi Edition
އިމިގްރޭޝަންގެ ލޭބަރ ސެކްޝަން - ފޮޓޯ: އިމިގްރޭޝަން

“އިމުގާ” މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާދަމާ އިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް “އިމުގާ” މެދުވެރިކޮށް ކަމަށެވެ. އެގޮތުން imuga.immigration.gov.mv އަށް ވަޑައިގެން ރަޖިސްޓްރީ ކުރުމުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި މާދަމާ އިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށާއި، އިމިގްރޭޝަންގެ މަޤްސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އިމިގްރޭޝަނުން ވަނީ ޕާސްޕޯޓް ހައްދާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސައިފަ އެވެ.