Chief Judicial Administrator ge maqaamah kurimathilumah hulhuvaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

2 މަސް ކުރިން
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަށް އެދޭ ފަރާތްތަކުން 11 އޯގަސްޓް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ޖޭއެސްސީގެ ޤާނޫނަށް ގެނައި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން، އެ މަޤާމުގައި ކުރިން ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަޤާމް ގެއްލުމާއި ގުޅިގެންނެވެ.

އެ ބިލުގައިވާ ގޮތުން  ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން އެ ބިލުގެ ދަށުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނަ މީހަކު އެ މަޤާމަށް އައްޔަން ކުރުމާއި މަޤާމުން ވަކިކުރުމުގެ ބާރުވެސް ދީފައި ވަނީ ޖޭއެސްސީ އަށެވެ.

އެ މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، މުސްލިމަކު ކަމުގައިވުން އަދި ދިވެހި ރައްޔިތަކު ކަމުގައިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ޖުމްލަ 47،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،500ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 2،000ރ. އެވެ.

ޖޭއެސްސީ އިން ބުނީ އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި ޤާބިލުކަމަށް ބަލާނެ ކަމަށެވެ.