ފުލުހުންގެ ފޮރެންސިކް ޓީމުން ކޮވިޑް-19 ހުރިތޯ ބެލުމަށް ހެދި ޓެސްޓްގެ އަދަދު 10،000 އަރައިފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް ފުލުހުންގެ ފޮރިންސިކް ޓީމުން ކޮވިޑް-19 އަށް 10،000 ޓެސްޓު ހަދާފައިވާ ކަމަށެވެ.
10000 ޓެސްޓު ހެދުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ފޮޓޯއާއި އެކު ސީޕީ ކުރެއްވި ޓްވީޓްގައި 100 ކޭސްވޯކުން ފަށައިގެން ހަފްތާއަކު ގާތްގަނޑަކަށް 1000 ޕީސީއާރް ޓެސްޓު ހަދަމުން އަންނަ އައުން ވަނީ ފާހަގަ ކުރައްވާ ޓެސްޓު ހެދުމުގައި ހަރަކާތްތެރިވާ ފޮރެންސިކް ޓީމަށް މަރްޙަބާ ވިދާޅުވެފައެވެ.
It’s 10,000 tests and counting for our relentless COVID-19 testing group at Forensic Services. Notably, they’ve been churning out around a 1000 validated PCR test results per week whilst processing 100s of forensic evidence in casework every month. Congratulations team. ?? pic.twitter.com/qEWMZmyxSE
— Mohamed Hameed (@M_Hameedh) July 22, 2020
ފުލުހުންގެ އިތުރުން އައިޖީއެމް އެޗާއި އޭޑީކޭގައިވެސް ދަނީ ކޮވިޑަށް ޓެސްޓު ހަދަމުންނެވެ. އައިޖީއެމްއެޗުން މިހާތަނަށް 50،000 ޕީސީއާރް ޓެސްޓު ކުރެވުނު ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. މިއާއެކު ޖީން އެކްސްޕާޓް މެޝިންގެ އެހީއާއެކު ރާއްޖޭގެ އިތުރު 7 ސަރަޙައްދެއްގައި ކޮވިޑަށް ޓެސްޓު ކުރުން މިހާރު ވަނީ ފެށިފައެވެ.