ބ. ހިތާދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހިތާދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ މިމަހުގެ ހަތްވަނަ ދުވަހު މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެމީހާގެ ސާމްޕަލް މީގެ ދެ ދުވަސް ކުރިން ނަގާފައިވާއިރު، މިއަދު ނަތީޖާ ލިބުނު އިރު ކޮވިޑްއަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
ޕޮޒިޓިވްވި މީހާއާއެކު އެއް ގެއެއްގައި އިތުރު ފަސް މީހަކު ހޯމް ކަރަންޓީނުގައި ތިބިއިރު އެމީހާގެ ދެވަނަ ސާމްޕަލެއް ނެގުމަށް އެދިފައިވާކަމަށް ރަށު ކައުންސިލުންވަނީ ބުނެފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުން އަންނަ އިރު މިހާތަނަށް މިބަލީގައި ރާއްޖެއިން 15 މީހަކުވަނީ ނިޔާވެފައެވެ.