English Edition
Dhivehi Edition
21 ޖުލައި 2020 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާކުރައްވައިފިއެވެ.

އެގޮތުން މި ރޯގާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދު ކުރުމަށްފަހު، ޕޮޒިޓިވް ކޭސްތައް މަދުވުމާއި ގުޅިގެން ފުރަބަންދަށް ވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް ދުވަހުން ދުވަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3،044 އަށް އަރާފައިވާއިރު، މި ބައްޔަށް މި ވަގުތު 617 މީހަކު ފަރުވާ ހޯދަމުން އެބަދެއެވެ. އަދި 15 މީހަކު މި ބަލީގައި މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 2،397 މީހުންނެވެ.