English Edition
Dhivehi Edition

މޫސުމަށް ބަދަލުތަކެއް އަންނަމުން ދާކަމަށް އަބަދުވެސް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދުނިޔޭގެ ވައިގެ ފަށަލަ ތައައްޔަރުވެ، ފެނުގައި ބެކްޓީރިއާ ހުންނަ މިންވަރު އިތުރު ވެފައިވެއެވެ. އަދި ކުއްލި ކުއްލިއަށް މޫސުމް ގޯސްވުން މިވަނީ އާއްމުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވަނީ އިންސާނުންނެވެ. ސައިންސްވެރިން ބުނާ ގޮތުން މޫސުމަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ވައިގެ ތެރޭގައި ހުންނަ CO2 ގެ މިންވަރު އިތުރުވެގެން ގޮސްފައި ވެއެވެ. އަދި މީގެ ސަބަބުން ކުޑަކުދިންގެ ‘ޕްރޮޓީން’ ލެވެލް ދައްވެގެން ދެއެވެ. އެގޮތުން އެކުދިންނަށް ނުރައްކާތެރި ބަލިތަކެއް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ދާދި ފަހުން ‘އެންވަޔަމެންޓަލް ހެލްތް ފާސްޕެކް

ޓިވެސް’ އިން ޝާއިރުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ‘ޕްރޮޓީން’ މަދުވުމުން ޖެހޭ ބަލިތައް 18 ޤައުމެއްގައި އާއްމުވުން ގާތްކަމަށެވެ. އަދި ކުރިއަށް އޮތް 30 އަހަރު ތެރޭގައި މިބަދަލުތައް ފެންނަން ފަށާނެކަމަށެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދަނޑުވެރިކޮށްގެން ބަނޑުފުރާ ފަރާތްތަކަށް ކަމަށް ވެސް ވެއެވެ. އެގޮތުން އެމީހުންގެ އާއްމު ދިރިއުޅުމުގެ ތެރެއިން ކޮންމެ ދުވަހަކު %5 ޕްރޮޓީން 2050 ވަނަ އަހަރާއި ހަމައަށް ދާއިރު ދައްވެގެން ދާނެކަމަށެވެ.

މީގެ ސަބަބުން އެތައް މިލިއަން ކުޑަކުދިން ފުރާނައަށް ނުރައްކާ ވާ ފަދަ ބަލިތަކެއް ޖެހިގެން ދާނެކަމަށް ބެލެވެއެވެ. އަދި ޕްރޮޓީންގެ ލެވެލް ދައްވުމުގެ ސަބަބުން ހަށިގަނޑުގެމަސްތަކުކުން ބާރު ދައްވެ، ހެދި ބޮޑުވުމަށް އާދަޔާ ހިލާފު ލަސްކަމެއް އަންނާނެއެވެ. އަދި ހަށިގަނޑުގެ ހަކަތަ ދައްވެ، ހެލިފެލިވެ އުޅުން މަދުވެ ހިތުގެ މައްސަލަތަކަށް ހުޅުވިގެން ދާނެއެވެ.

މީގެ އިތުރުންވެސް ތަފާތު އެކި ދިރާސާތައް ހެދިފައިވާއިރު، އެތައް ކުޑަކުދިންނަށް ބިރުއޮތްކަމުގެ ހަބަރު ދީފައިވެއެވެ. އެތައް މިލިއަން ކުދިންގެ ފުރާނަ ގެއްލިގެން ދާނެކަމުގެ ބިރު އޮތް އިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ލަފާކުރެވިފައިވަނީ ސައުތު އޭޝިޔާ އާއި ނޯޓް އެފްރިކާއަށް ކަމަށް ވެސް ބެލެވެއެވެ.

ދިރަސާތަކަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ވެގެން ދަނީ ހަމައެކަނި ދުނިޔެއަށް އެކަނި ނޫނެވެ. މިބަދަލުތަކާއި ގުޅިގެން ޅަދަރިންނަށް އެއިގެ އަސަރު އިންތިހާއަށް ކުރުމަކީ ޖީލް ނެތިގެންދާނެ ކަމެކެވެ. އެހެންކަމުން މިކަމަށް ދުރާލާ ވިސްނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވެއެވެ.

ޓެގު