English Edition
Dhivehi Edition
ދޯންޏެއް ފަރަށް އަރައިގެން ކޯސްޓްގާޑުން ޙަރަކާތްތެރިވަނީ/ފޮޓޯ އެންއެންޑީއެފް

3 މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ފަރަށް އަރައިފިއެވެ. ރޭ ފަތިހު ހިނގި މިޙާދިސާގައި ފަރަށް އެރީ ބ. އަތޮޅުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރު ކުރި ނޫމަސް ކިޔާ ދޯންޏެކެވެ.

މިދޯނީގެ މަޢުލޫމާތު މިއަދު 5.46 ގައި ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން ގެ ޑައިވަރުން ވަނީ އެސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށާފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިގަދަވެ ކަނޑު ގަދަ ދުވަސްވަރަކަށް ވެފައި ކަނޑުމަތީގެ ޙާދިސާތައް ގިނަ ދުވަސް ވަރެއްކަން ފާހަގަ ކޮށްލެވެއެވެ. މޫސުން ގޯސް މިދަނޑިވަޅުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.