English Edition
Dhivehi Edition
ދޯނި ބަންޑުން ޖަހާލި ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން ޙަރަކާތްތެރިވަނީ/ފޮޓޯ އެމް އެންޑީއެފް

މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައި ފިއެވެ. ސެކިޔޯ ބޭގް ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލިއިރު އެދޯނީގައި 3 ފަޅުވެރިއަކު ތިބި ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައެވެ. އެ 3 މީހުން ވިލާ ހަކަތަ ކިޔާ ދޯންޏަކަށް މިހާރު ނަގާފައިވާ ކަމަށާއި މިޙާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓް ގާޑް ސްކޮޑްރަން މިހާރު ދަތުރު ކޮށް ކޯސްޓްގާޑް ޑައިވަރުން އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އެންއެންޑީއެފުން ވިދާޅުވެއެވެ. މިޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 5.10 ގައެވެ.

ދޯނި ބަންޑުން ޖަހާލި ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން ޙަރަކާތްތެރިވަނީ/ފޮޓޯ އެމް އެންޑީއެފް

މިދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވެ ކަނޑު ގަދަ ދުވަސް ވަރަކަށް ވުމާއެކު މޫސުމާބެހޭ އިދާރާއާއި ޑިޒާސްޓަރ މެނޭޖްމަންޓާއި އަދި އެމްއެންޑީއެފުންވެސް ވަނީ ޢާއްމު ފަރުދުންނާއި ގެއާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ތިބުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި އަދި ވަކިން ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.