English Edition
Dhivehi Edition

މީދޫ ޔޫތު ޗެލެންޖް 2020 ގައި އައްޔެހަވީރު ކުޅުނު މެޗު ލަނޑު ގޯންޏަކާއެކު އެފްސީ އަމިގޯސް ކާމިޔާބުކޮށްފިއެވެ.

މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އަމިގޯސް އިން ކާމިޔާބުކުރީ އެތްލެޓިކް އެފްސީ ކޮޅަށް 12 ލަނޑު ޖަހައިގެންނެވެ. މި މެޗުގައި އެތްލެޓިކް އެފްސީ އަށް ކާމިޔާބު ކުރެވުނު 3 ލަނޑަކީ ސަހާފު އެ ޓީމަށް ކާމިޔާބުކޮށްދިން ދެ ލަނޑުގެ އިތުރުން އައްސަދު އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުޅި މެޗުގައިވެސް އެފްސީ އަމިގޯސް އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމްގެ ގުސެއްޔު (ގުސީ) އާއި ރަޔަންވަނީ ކޮންމެ ކުޅުންތެރިއަކަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެ ޓީމްގެ ހަސަން އާއި އަލީ އާމިރު (ޑިއު) ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޖަހާފައިވާއިރު, މުޖްތަބާ (މުޖާ) އާއި ހުސައިން ރަޝީދު (ލެވިޗް) ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަމިގޯސްގެ ޖާރޒީ ނަންބަރު 11 ގުސެއްޔުއެވެ.

މިއަދުވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ސ. މީދޫ ވެޓަރެންސް އާއި އެފްސީ ކިއުކަމްބާރއެވެ.