English Edition
Dhivehi Edition
18 ޖުލައި 2020 ވަނަ ދުވަހު އަޑިއަށްދިޔަ "ކަނޑުރޯަދި 1" މަސްދޯނި - ފޮޓޯ: އެމްއެންޑީއެފް

ކަނޑު ގަދަވުމުގެ ސަބަބުން އަޑިއަށް ދިޔަ މަސްދޯނީގެ ބައިތައް އޮޔާ ދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މަސްވެރިކަމަށް އުޅުނު “ކަނޑުރޯދި” ދޯނި މާލޭގެ އިރުން 17 ނޯޓިކަލް މޭލުން މިއަދު ހެނދުނު 06:30 ހާއިރު އަޑިއަށް ދިޔުމާއި ގުޅިގެން އެ ދޯނީގެ ބައިތައް އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޑިޔަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ގެންދަނީ އިރުދެކުނަށް ވާގޮތަށް ކަމަށާއި، އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން އެކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިއަދު ނުވަ މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ އެ ދޯނީގެ ފަޅުވެރިން ކަނޑުވެފައި ތިއްބާ، އެ ސަރަޙައްދުން ދަތުރުކުރި އެހެން ދޯންޏަކުން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.