English Edition
Dhivehi Edition
12 ފެބްރުއަރީ 2020 ގައި ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ދެކުނު ކޮރެއާ އިން ރާއްޖެއަށް ކޮވިޑް-19ގެ 150 ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.

ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ދެކުނު ކޮރެއާ އިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްދެއްވި ކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. 150 ޓެސްޓް ކިޓުން 15،000 ޓެސްޓް ހެދޭނެ ކަމަށްވެސް ޝާހިދުގެ ޓްވީޓްގައި ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ޝާހިދު ވަނީ ވަކިން ޚާއްސަކޮށް ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު، ކަންގް ކްޔުންގް-ވާ އަދި ސަފީރު ޖޮން އޫން-ޖިން އަށް ޝުކުރު ދަންނަވައިފަ އެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރާއި ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި ޝާހިދު ވަނީ ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކޮރެއާގެ ސަރުކާރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.