English Edition
Dhivehi Edition

މޫސުން ގޯސްވުމުން މަސްދޯންޏެއް އަނޑިއަށް ގޮސް އޭގައި ތިބި އެންމެން ކަނޑުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަޑިއަށް ގޮސްފައިވަނީ ނުވަ މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު “ކަނޑުރޯދި-01” ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައިވާއިރު ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 06:33 ގައި ކަމަށާއި މިހާރު އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ޓީމެއް ހަރަކަތާތެރިވަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ދ.އަތޮޅަށް އަދި ލ.އަތޮޅުން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.