ރާއްޖޭގައި އިތުރު ފަރުވާއަށް ބޭރަށް ނުފުރިފައި ތިބި ބަލިމީހުންގެ ތެރެއިން އެހީތެރިންނާއެކު 118 މީހުން މިއަދު ފުރުވާލައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު 8 ޖެހިއިރު ބޭސްފަރުވާއަށް ޓްރިވަންޑްރަމަށް ފުރި 10 ބަލި މީހުންނާއި 10 އެހީތެރިންގެ އިތުރުން މިއަދު ހެނދުނު 10 ޖެހިއިރު ކޮޗިނަށް ފުރި 49 ބަލިމީހުންނާއި 49 އެހީތެރިންނެވެ. އާސަންދަ ކޮމްޕެނީން މަޢުލޫމާތު ދެއްވާ ގޮތުގައި މިއެންމެންގެ ބޭސް ފަރުވާގެ ކަންތައް މިހާރު ވަނީ ފެށިފައެވެ.
ބަލިމީހުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ.
Consulate General of #Maldives provided consular assistance to Maldivians who arrived in #Kochi and #Thiruvananthapuram for medical treatment under #Asandha and also assisted 26 Maldivians travelling to home.Sincere appreciation to @SPC_Kerala @MaldivianAero @MoFAmv @MDVinINDIA pic.twitter.com/iItBJGAFGk
— MaldivesConsulateGeneralTRV (@MDVinTRV) July 14, 2020
ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވާ ބަލިމީހުން އިންޑިއާއާއި ސްރީލަންކާގެ ބޯޑަރުތައް ކޮވިޑް 19ގެ ސަބަބުން ބަންދުކޮށްފައިވާތީ ނުފޮނުވި ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު ޖޫން 29 އިން ފެށިގެން މީހުން ފޮނުވަން އަލުން ފަށާފައިވެއެވެ.
އާސަންދައިގެ ދަށުން އިންޑިއާއަށް ދިއުމަށް ލިސްޓުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ނަށް އިސްކަންދެއްވައިގެން ބޭރަށް ފޮނުމުގެ ކަންތައް ހަމަޖައްސަމުން އަންނަ އިރު ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިން އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.