English Edition
Dhivehi Edition

އޭއޯ ގެ ފަރާތުން އައްޑޫގެ ބަހާއި ތާރީޚާއި ސަގާފައް ދިރުވައި އާލާ ކެޑުމުގެ މަސައްކަތް ފަށަފިއެ

އޭއޯ ނިއުސް ގެ 9 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އޭއޯ ޗެނަލް ގެ ނަމި އައްޑޫސިޓީއެ މިޅިން އަލަށް ފެށި ސޯޝަލް މީޑިއާ ޗެނަލުން އައްޑޫގެ ބަހާއި ތާރީޚު އަދި ސަގާފަތް ދިރުވައި އާލާ ކެޑުމުގެ ޚާއްޞަ މަސައްކައް ތަކައް މިވެނީ ފައްޓަފެއި.

މިގޮތުން ކުރިއަށް ގިނޭ މަސައްކަތްތަކި އެތެރެ އައްޑޫގެ ދުވަސްވީ މީހުންގެ އެތެރުން ފާފުކަވޭ ކަހަލެއި އަގަ ހިށި މަސައްކައްތައް ގައުމައް ކޮއްދެރެފެއި ތިބޭ މީހުންގެ ވާހަކަ ހޯދައި “އަފިރިންގެ ވާހަކަ” މި ނަމި ޕްރޮގްރާމައް އުފައްދައި އެވެރިންގެ މަޢުލޫމާތު އެހެން މީހުންނާއި ހަމާއް ގިނާސްދިނުން ހިމެނެއި. މީގެ އިތިރަށް އައްޑޫގެ ދެޖިންސުގެ ޒުވާން ކުދިންގެއެތެރުން ހުނަރަވެރި ޒުވާނުންގެ ވާހަކަ ތައް “ރަށިކުދިން” ގެ ނަމި އައްޑޫބަހުން ގިނާސް ދިނުމާއި އައްޑޫ މީހުން ތައްޔާރަކެރާ އައްޑޫގެ ޚާއްޞަ ރަހަތައް “އައްޑޫ ރަހަ” އިގެ ނަމި ގިނާސްދިނުން ހިމެނެއި. ހަމަ މިއާއި އެއްކޮށް އައްޑޫގެ އިސްކޫލު ތަކާއި ގުޅިގެން ” ވެށަފެލަ” މިނަމި އިސްކޫލު ތަކި ކުރިއަށް ގިނޭ ކަންކަމުގެ ވާހަކަ އެއިސްކޫލަކި ކޫދަކާމެން ލައްވައި މިޅިން އައްޑޫ ބަހުން ބެނައިދޭ ޕްރޮގްރާމަކަށަސް އެނީ ތައްޔާރަވެމުން. މީ ގެ އިތިރަށް ކޮންމެހަފްތާކި އެއްފަހަރަ ގިނާސްދޭ “ހަފްތާ ކަބަރަ” ކީ އެސް މިޅިން އައްޑޫބަހުން ގިނާސްދޭ ކަބަރައް.