އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އަމީތާބު ބައްޗަން އާއި އޭނާގެ ފިރިހެން ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.
އުމުރުން 77 އަހަރުގެ އަމީތާބު ވަނީ ރޭ ކުރި ޓުވީޓެއްގައި ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރު ކޮށްދީފައެވެ. އަދި އޭގެފަހުން، އޭނާގެ ދަރިފުޅު އަބީޝޭކް ވަނީ އޭނާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، ދެ މީހުންގެ ކިބައިން ވެސް މިހާތަނަށް ފެނިފައިވަނީ އާދައިގެ އަލާމާތްތަކެއް ކަމަށެވެ.
އަމީތާބުގެ އާއިލާގެ މެންބަރުންނާއި އޭނާގެ މުވައްޒަފުން ވެސް ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް ނަތީޖާ ހާމަކޮށްފައިވަނީ އޭނާގެ އިތުރުން އަބީޝޭކް ގެއެކަންޏެވެ.
މީގެއިތުރުން، އަމީތާބު ވަނީ ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އޭނާއާ ދިމާވެފައިވާ އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިފައެވެ. އަމީތާބާއި އަބީޝޭކް ވެސް އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލްގައި ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އިންޑިޔާގައި އަދިވެސް އިތުރުވަމުން އަންނައިރު، މިއަދަކީ އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 27 ހާހަށްވުރެ މަތީގައި ވިދިވިދިގެން ހުރި ދެވަނަ ދުވަހެވެ. އަދި އެ ގައުމުން މިހާތަނަށް 849,823 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިިާއިރު، މަރުވި މީހުންގެ އަދަދަކީ 22,687 އެވެ.
T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited ..
All that have been in close proximity to me in the last 10 days are requested to please get themselves tested !— Amitabh Bachchan (@SrBachchan) July 11, 2020
Earlier today both my father and I tested positive for COVID 19. Both of us having mild symptoms have been admitted to hospital. We have informed all the required authorities and our family and staff are all being tested. I request all to stay calm and not panic. Thank you. ??
— Abhishek Bachchan (@juniorbachchan) July 11, 2020