English Edition
Dhivehi Edition
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ދުވަސް އެމްވީ

ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ޖުލައި 12 ވާ އާދިއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް [email protected] އަށް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ވަނީ އަންގައިފަ އެވެ. އަދި، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރިހަމަކުރުމަށް ކުރުމަށްފަހު، ހުށަހަޅާފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އާއި ވަޒީފާ ދިން ފަރާތުގެ އިޤުރާރު އަދި ބިދޭސީފަރާތް ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމަކާއި، ޕާސްޕޯޓު ހުށައަޅާނަމަ ފުރިހަމަކޮށްފައިވާ IM06 ފޯމް ހުށަހަޅަންޖެހެއެވެ. އަދި ބިދޭސީފަރާތް ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީޒާ ފީ ދައްކާފައި ހުންނަންޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.