ކުރީގެ މާވެޔޮ މިސްކިތް ހުރިތާ ޢިމާރާތް ކުރި އާމިސްކިތް ހުޅުވައިފިއެވެ.
އަލް މަސްޖިދުލް ޢަލީ ޙުސެއިން ގެ ނަމުގައި ހުޅުވި މިމިސްކިތަކީ އެންމެ ޒަމާނީ ފެންވަރަށް 6 ބުރިއަށް ޢިމާރާތް ކޮށްފައިވާ މިސްކިތެކެވެ. އިއްޔެގެ ޢަސުރު ނަމާދަށް މިމިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރެވެ.
މިއީ ހެންވޭރު ސީސައިޑް މުޙައްމަދު ޢަލީ ޖަނާޙުގެ އަމިއްލަ ޚަރަދުގައި އޭނާގެ ބައްޕާފުޅު އައްޑުސިޓީ ހުޅުދޫ އަރާއިރުގޭ އަލްމަރްޙޫމް ޢަލީ ޙުސެއިންގެ ހަނދާނުގައި ޢިމާރާތްކުރި ބިނާއެކެވެ. ޢަލީ ޙުސެއިން އަކީ މަޝްހޫރު ސައިކޮލޮޖިސްޓް ޑރ ޢައިޝަތު ޢަލީ ނާޒްގެ ވެސް ބައްޕާފުޅެވެ. މަރްޙޫމް ޢަލީ ޙުސައިން އަކީ ދައުލަތަށް ޚިދުމަތްކުރެއްވުމުގައި 25 އަހަރަށްވުރެ ގިނަދުވަސްހޭދަކުރައްވާފައިވާ ދިވެހި ބޭސްވެރިކަމަށްވެސް އަރާހުންނެވި ޢިލްމީ ބޭފުޅެކެވެ.
2000 މީހުންގެ ޖާގައިގެ މަސްޖިދު ޢަލީ ޙުސެއިން މިސްކިތުގައި އަންހެނުންނަށް ޚާއްސަ ބައެއްވެސް ހިމަނާފައިވެއެވެ. މިއީ އެއްކޮށް އެއަރކޮންޑިޝަން ކޮށް ލިފްޓް ހަރުކުރެވި ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު ފަރުމާކުރެވި ފައިވާ މިސްކިތެކެވެ.
<iframe src=”https://web.facebook.com/plugins/post.php?href=https%3A%2F%2Fweb.facebook.com%2Faishathalinaaz%2Fposts%2F10163955790740456&width=500″ width=”500″ height=”707″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>