English Edition
Dhivehi Edition

ރަށި ހިކިފަސްތަނުން ބިންކަނޑަފެއިދެނީ ދިރިވޭނޑި އާބާދުވޭއް. އެތެއި މަގަހަދަފެއި އިންވަކިކޮއްދިންމެއި ދައުލަތުގެ ވާޖިބް އަދާވެ ނިމޭފެހޭ އެކަމަސް އޮންނެއި ކޮއްފެއި. ކިރިޔާ ބޯހިޔައު ޖަހަގެން ގޭގަނޑައް ވެދޭތަނުން ދެން ދިމާވޭއްފަށާ ކަންތައްތަކި ޒިއްމާނަގާނެ ވާލައް ނެއް.

ހިތަދޫ އޮޑައްސަލި ވަލި މީހުން ދިރިވޭނޑި އެތާން ވެހި ކުދިން ބޮނޑަވެ އަމެއްލަ ދިރިއުޅުން ފަށަފިޔެ. މިހުށިހެއި ދުވަސް ފާއިތުވެގެންގޭކޯ ހައްލު ނިވެތިބި ކަންކަން އަދިޔަސް ތިބީ ހަމަ އެހެން. ބޮނޑަ ޖަހަރަ ވަލާއި ފަޅަ ގެވަޑަ ގިނަކަމުން ކުނިއެއިހެދީ ބޯނިހިކި މަދިރީގެ އުދަގުލާއި ހެދީ ލޮލެ ފިޔަ ނިޖެހި ތިބެއި ދެންކުރިމަތިވީ ކަމާސް އޮތީ އޮއްވަޑި. އެބެނާ ރޭލުފަނި ފެތުރި އޭނާއި ހެދީ ނޭވާ ނޭފަތަކައް ނިލީ ތިބެއި ދެންވޭނޑޭއް ޖެހެނީ ގޭތެރައް ލޮނަގަނޑަ ވަންނެވަރުން އެކަމާއި.

މިއޮތީ ދެއަވަރަ ބޮނޑަވޭ ދުވަސްވަރަ އާސްޖެހިފެއި. ފިށިމާތެ ހިސާބުން ފެށިގެން ދަންތަނިކެޑައު އެސަރަހައްދެ ތިބިފެހޭ ތިބިހެއި ގޭގޭ އެތެރައު އޮތީ ލޮނަގަނޑަ ވެދަފެއި. މިކަންބަލާނެ ވާލައްނެއް. ހައްލައު ހޯދެނެ ވެރިއައްނެއް. ރައްޔިތަކާމެންނައް މިކަމުން މިވޭ ގެއްލުން ބާކިންނައް އެނގޭހެނަސް ހިއައްނިވެއި.

މަގަފުރިގެން ގޭގޭ އެތެރެ ފުރި ޖަހަފެއިތިބި ގެހާމެން ހިކިލަމަނައަރައި ގެސް ގަނޑައް ހަދުވާއު ހިނގައި ހިނގައި އެކަމަކަސް ވެނީއައްނުން. އެތަންގަނޑުން ވާހަކަދެއްކި މީހުންބެނީ ރޯގިހައް ކިޔަންކެރާއްތައު އިންސާނަކާމެން ހަނާއްކެނަފެއިތިބި ވަޑަސް ތިބީ ތަޢައްޔަރު ވެފެއިކަމައް. ކައްކާއު އެޑާށަސް، ކޫދަކާ ގާއު އެޑާށަސް އެފެން ކަމިނިވޭހެއްކަމައް.

ލިންކުރޯޑުން އާސް ފެރަތުމާއު އޮޑައްސަލައް ވަންނައު އޮންނެ ގޯޅިއަކީ ލޮނަގަނޑަ އެންމެ ބޮނޑާއު އޮންނެ އެއްމަގަ. އެސަރަހައްދި މީހުން ބެނާ ގޮތުން ލޮނައަރާ ދުވަސްވަރި ޓެކްސީއައު ހޯދުމަކީއަސް މަރަފަދަކަމައް. އެއްވިއަސް ދިއްވާއެއްތައު އެލޮނަގަޑިއެތެރުން އޭކައު އެއްބަހައް ނިވެއި. އޮޅިގެން އެމަގައް ވެދެނަސް އާލެކައްވަނި ހަލޫކޮއް އެނބެރިއެބޭނީ.

މިކޭއިދިއެނެއި މިސަރަޙައްދި ވޭނޑޭ ގޭގޭށާއި މީހުންނައް ލޮނަ ވެދަގެން މިލިބޭ ގެއްލުމާއި އުދަގުލުގެ ވަރައް ކުދު މިންވަރައް. މިހާލެއި ތިބޭކޯ މިކަން ބަލާނެ ވާލައް ނިވުން އޭ އެވެރިންގެ އެންމެ ބޮނޑަ ޝަކުވާ

އައްޑޫސިޓީ ކައުންސިލުގެ ސަމާލުކަމަށަސް އެތައް ކޯ މިކަން ގިނާސްގެން މަގައު އުސްކޮއް ފަސްއެޑަގެން މިކަން ހެއުވީ ދުވަސްކެޑަކަސް އާކަމައް ވެނީ. އެފަހުން މަގަހެދުމެ އެތެރެ އެނައްކަލަސް ވެލިގަނޑަ ކަހައިބަހައި އަތިރާއި އެއު ހަމާކި މިކޯ މަގަ އޯގައް. ފަސްކެޑައު އެޑައިދެރަފޭނެ އަތައްނެއް.

 

ގޭގޭ ޖަންކްޝަން ފުރިގެން އޭނުން އޭ ނަޖިހާއި އެއްކޮއް ގެވަޑި ވަށައި ލޮނަގަނޑަ އާސް ޖަމައު ވެފެއި އޮންނެކޯ ދޮވާ ވަހުން ނޯއްދަމާއްނިކެރެއި. ކަމާއިބެހޭ ފަރާއްތަކުން މިކަން ބަލައި ފަސްއެޑާއްޖެހޭ ތަންތާން ފަސްއެޑައި މިކަމައް ހައްލައު ހޯދައި ދިނުމަކީ އޮޑައްސަލި ދިރިވޭނޑޭ މީހުންގެ ވަރައްބޮނޑަ އާދޭހައް. އުއްމީދަކީ މިމައްސަލާއް ރައްޔިތުން އެދޭ ފަދަ ހައްލައް އަވަސް މުއްދަތަކި ލިބި އެހެން އެންމެންނަސް ވޭނޑޭކަހަލެއި މާހައުލައް އެވެންނަށަސް ލިބިގެންގެއުން.