English Edition
Dhivehi Edition

ރީތިކަމަށާއި އެކްޓުކުރުމަށް މޮޅު ތަރިއެއްގެ ގޮތުން ފާހަގަ ކުރެވޭ ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުޓް ދަންޖެހެން ބޭނުން ކުރި ފޮތިގަނޑު ޓެސްޓް ކުރުމަށް ފޮރެންސިކް ލެބޯރެޓަރީ ފޮނުވައިފިއެވެ.

ފުލުހުން ބުނީ، ސުޝާންތް ބޭނުން ކޮށްފައިވާ ފޮތިގަނޑަކީ ފެހިކުލައިގެ ކޮޓަން ފޮތީގެ “ގައުން” އެކެވެ. “ސުޝާންތް ގެ ބަރުދަނުގައި ހުރީ 80ކިލޯ. އަހަރެމެން ބޭނުންވަނީ މި ފޮތިގަނޑު ބޭނުން ކޮށްގެން 80 ކިލޯ ހުރިމީހަކަށް ފަންކާގައި އެ ފޮތިގަނޑު އައްސައިގެން، ފޮތިިގަނޑު ނުވީދި އެލިގެން އެހެން އޮވެވިދާނެތޯ. މިއީ “ޓެންސިލް ސްޓްރެންތް” އެނަލައިސިސް އެއް. ފުލުހުން އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ފުލުހުން އިތުރަށްބުނީ، މި ފޮތިގަނޑު ޓެސްޓް ކުރުމަށްފަހު އޭނަ މަރުވީ އަމިއްލަ އަށްތޯ ނޫނީ ފޮތިގަނޑު ބޭނުން ކޮޮށްގެން ބަޔަކު އޭނަމަރާލީތޯ ސާފުވެގެން ދާނެކަމަށެވެ. މި ތަހުލީލު ނިމެން 3 ދުވަސްނަގާނެ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ ސުޝާންތްގެ ކޮޓަރިން “ބާތްރޮބް ބެލްޓް” އެއް ފެނިފައިވާ ކަމަށާއި ލަފާ ކުރެވޭގޮތުގައި ފުރަތަމަ އޭނަ މަރުވާން މަސައްކަތް އުރީ އެ ބެލްޓް ބޭނުން ކޮށްގެންނެވެ. ނަމަވެސް އެބެލްޓް ކަނޑައިގެން ދިޔުމުގެ ސަބަބުން ބިންމައްޗަށް އެއްލާލީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސުޝާންތްގެ މަރަށް ފަހު އޭނަގެ ބޭބެ ބުނެފައިވަނީ އޭނާއަކީ އަމިއްލައަށް މަރުވެދާނެ މީހެއް ކަމަށް ނުބެލޭ ކަމަށެވެ. އެ މަރުގައި ޝައްކުތަކެއް ހުރުމުން އެމައްސަލަ ބަލައިދިނުމަށް ސުޝާންތްގެ ބޭބެ ވަނީ ފުލުހުން ނަށް އެދިފައެވެ.

މި ހާދިސާގައި މިހާތަނަށް އެނގިފައިވާ ގޮތުގައި ސުޝާންތް ގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަނީ އޭނަ މަރުވެފައިވަނީ ދަންޖެހުމުގެ ސަބަބުން ކަރަށް ލިބުނު ޕްރެޝަރ އެއްގެ ސަބަބުން ކަމަށެވެ. ސުޝާންތް މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން އޭނަގެ ލޯބިވެިރިޔާ ކަމަށް ބުނާ ރިއާ އަށާއި ސުޝާންތެ ގެ ދައްތަ އަށް ގުޅިކަމަށްވެއެވެ. ނަމަވެސް ދެމީހުންވެސް އެގަޑީގައި ފޯނަށް ޖަވާބެއް ނުދެއެވެ. ދާދިފަހުން އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދައްތަ އަދި ރިއާ އަށް ގުޅުމަށްފަހު އޭނަވަނީ ގޫގަލްގައި އަމިއްލަ ނަންޖަހައިގެން އޭނާ އާ ބެހޭގޮތުން ލިޔެފައިވާ ހުރިހާ ހަބަރުތައް ކިޔާފައެވެ.

ޖޫން 14ވަނަދުވަހު 34އަހަރުގެ އެކްޓަރ ދަންޖެހިގެން މަރުވި އިރު އޭނަދިޔައީ ޑިޕްރެޝަން އަށް ބޭސްކުރަމުންނެވެ. ސުޝާންތް މަރުވި އިރު އޭނަ ދިރިއުޅެމުން އައީ 4.5 ކުރޯޑް ރުޕީސްއަށް ހިފާފައިވާ ގެއެއްގައެވެ. އެގޭގައި ސުޝާންތް ގެ އިތުރުން އޭނާގެ މުވައްޒަފުން އުޅެއެވެ. ސުޝާންތު މަރުވިކަން އެނގުނީ ހެނދުނު އޭނަ އުޅޭ ކޮޓަރިން ނުނިކުންނާތީ މަސައްކަތު މީހާ ޑަބަލްކީ ހައްދައިގެން ކޮޓަރިއަށް ވަދެ ބެލުމުންނެވެ.

ސުޝާންތް ގެ މަރާއި ގުޅިގެން އޭނަގެ އާއިލާ މީހުން ހިމެނނޭގޮތަށް މިހާތަނަށް 29 މީގެއްގެ ބަޔާން ފުލުހުން ނަގާފައި ވެއެވެ.

ސުޝާންތް ފުރަތަަމަ ފެނިގެން ގޮސްފައި ވަނީ ޑްރާމާ ކިސް ދޭޝް މެހޭ މޭރާ ދިލް އަދި ޕަވިތްރާ ރިޝްތާއިންނެވެ. އޭނާ ފުރަތަމަ ކުޅުނު ބޮލީވުޑް ފިލްމަކީ ކައި ޕޯ ޗެ އެެވެ. އޭގެ ފަހުން ފިލްމް ޕީކޭ، ޑޭ ކެޑަރނަތް، އަދި އެމްއެސް ދޯނީ އިންފެނިގެން ގޮސްފައި ވެއެވެ.

 

 

 

1 ކޮމެންޓް
???
ޖުލައި 7, 2020
Dhenn mi habaru geness dhinun huttaalan vehjje ehnunn??