English Edition
Dhivehi Edition

ޖޫންމަހުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާކުރަމުން ދަނިކޮށް، ފެނަކަ ކޯޕަރޭޝަނުން ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.

ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

 

މިދިޔަ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކާއިއެކު، ސްޓެލްކޯ އިން ވެސް ވަނީ ބިލްތަކަށް 40 ޕަސެންޓު ސަބްސިޑީ ދޭން ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރިލް އަދި މެއި މަހުގެ ކަރަންޓް ބިލުންވެސް 40 ޕަސެންޓް ދީފައިވާއިރު، މިދިޔަ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވި މައްސަލަ މިހާރު ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.