English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ޖޮނަތަން އީވަންސް އަށް އޭނަގެ 18 އަހަރު ނުފުރޭ ފިރިހެން ދަރިފުޅު ކުޑަކުއްޖަކު ރޭޕް ކުރިކަން އެނގުމާއެކު ފުލުހުންނަށް ރިޕޯޓްކޮށް ދަރިފުޅުފު ފުލުހުންނާ ހަވާލުކޮށްފިއެވެ.

ޖޮނަތަން ބުނީ އޭނަގެ ދަރިފުޅު ކުރީ ބޮޑުކުށެއް ކަމަށާއި، އެކުށް ފޮރުވައިގެން މުޅި އުމުރު ހޭދަކުރުމަކީ ބޮޑުކުށެއް ކަމަށް ގަބޫލުކުރާތީ ދަރިފުޅު ކުރިކުށަށް އިއުތިރާފް ވުމުން އަދަބު ދިނުމުގެ ގޮތުން ފުލުހުންނާ ހަވާލުކުރީކަމަށެވެ.

“އަހަންނަށް ފެނުނީ ދަރިފުޅު، ޖެކް އީވަން ގެ ފޯނުން ކުޑަ އަންހެން ކުއްޖަކަށް ކޮށްފައިވާ މެސެޖެއް. އެމެސްޖެގައިވަނީ ރޭޕް ކުރެވުނީތީ މާފަށް އެދޭކަމަށް ދަރިފުޅު ލިޔެފައި. އެ އަންހެން ކުއްޖާ އެ މައްސަލަ އާއިލާ އަށް އަންގައި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިނުވޭ. އެކުއްޖާ އެމައްސަލަ ހުށަހަޅާފައި ނުވުމުން އީވަން އަށް ރޭޕް ކުރަން އެލިބެނީ އިތުރު ހިތްވަރެއް ކަމަށް ބަލާފައި އަހަރެން އެގޮތް ނިންމީ” ޖޮނަތަން ބުންޏެވެ.

އިތުރަށް ޖޮނަތަން ބުނީ ދަރިން ކުރާ ގޯސްކަންތައް ފޮރުވުމަކީ ދަރިންނަށް ކުށަށް އަރައިގަންނަ ދެވޭ ހިތްވަރެއް ކަމަށެވެ. ދަރިފުޅާ އެތައް އަރާރުމެއް ވުމަށްފަހުވެސް، ދަރިފުޅު ކުރިކުށަށް އިއުތިރާފްވެ ތައުބާވުމަށް ހިތްވަރު ދިނުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށް ދެކޭތީ އެގޮތް ނިންމީ ކަމަށްވެސް ޖޮނަތަން ބުންޏެވެ.

ޖެކް އެކުއްޖާ ރޭޕް ކުރި އިރު ޖެކްގެ އުމުރުން 17 އަހަރެވެ. ނަމަވެސް މިހާރު ހުކުމް ކުރި އިރު އޭނައަށް ވަނީ 18 އަހަރު ފުރިފައެވެ. މެތީރް ޑައިޑްފިލް ކޯޓުން ޖެކް އަށް ވަނީ ދެ އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި “ސެކްސް އޮފެންޑާ” އެއްގެ ގޮތަށް އޭނަގެ ނަން ރެޖިސްޓްރީ ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.